ނޭމާގެ ޓްރާންސްފާ މައްސަލަ އަލުން ބަލަން ސްޕެއިންގެ ކޯޓުން އަމުރުނެރެފި

ބާސެލޯނާގެ ބްރެޒިލް ފޯވާޑް ނޭމާ އެކުލަބަށް ބަދަލުވީ ޓެކުހަށް މަކަރު ހަދައިގެން ކަމަށް ބުނެ އެމައްސަލަ އަލުން ބެލުމަށް ސްޕެއިންގެ ހައި ކޯޓުން އަންގައިފިއެވެ.

ނޭމާގެ މައްސަލަ ސްޕެއިންގެ ކޯޓުން އަލުން ބަލަން އަންގާފައިވާއިރު އޭނާ ވަނީ އެ ބާސާއާ އެކު ހަދާފައިވާ އެއްބަސްވުން ވެސް ދާދި ފަހުން އާކޮށްފަ އެވެ. ބާސެލޯއާއެކު ނޭމާ މިހާރު ހަދާފައިވާ އެއްބަސްވުގެ މުއްދަތު ހަމަވާނީ 2018 ވަނަ އަހަރުއެވެ.

އިޝްތިހާރު Below Header ad

ބާސާ އިން ނޭމާ ގަތުމަށްޓަކައި އޭނާގެ ކުރީގެ ކުލަބު ސަންޓޯސް އަށް 17.1 މިލިއަން ޔޫރޯ އާއެކު 40 މިލިއަން ޔޫރޯ ދީފައިވާކަމަށް މީޑިއާ ރިޕޯޓުތަށް ވަނީ ބުނެފައެވެ. ކުލަބުގެ ވެރިޔާ ޖޯސެޕް މަރިއާ ބުނާ ގޮތުގައި ނޭމާ ގަތުމަށް ޓަކައި އެ ކްލަބުން ހޭދަ ކޮށްފައި ވަނީ 86 މިލިއަން ޔޫރޯ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިމައްސަލައިގައި ނޭމާގެ ބައްޕަ އާއި ސަންޓޯސް އަދި ބާސާ އަށް ވެސް ދައުވާ ކުރާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.

މިމައްސަލާގައި ނޭމާ އަދި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރާ އޭނާގެ ބައްޕަ ވަނީ އެ ތުހުމަތުތައް ވަނީ ދޮގުކޮށްފައެވެ.

ބްރެޒިލްގެ ސަންޓޯސް އިން 2013 ވަނަ އަހަރު ބާސެލޯނާ އަށް ނޭމާ ބަދަލުވުމުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ ސުޕެއިންގެ ކޯޓަކަށް މައްސަލަ ވައްދާފައި ވަނީ ބްރެޒިލްގެ ކުންފުންޏެއް ކަމަށްވާ ޑީއައިއެސް އިންނެވެ. ނަމަވެސް އޭރު އެ ކޯޓުން އެ މައްސަލަ ބޭރުކޮށްލާފަިއ ވަނީ މިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.