ޑިބްރޭނާއަށް އަނިޔާވެ މަސްދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ބެލްޖިއަމް މީޑްފިލްޑަރު ކެވިން ޑިބްރޭނާއަށް އަނިޔާވެ މަސްދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

އުމުރުން 25 އަހަރުގެ ޑިބްރޭނާ އަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ސްވަންސީ ސިޓީ އަތުން 1-3 ލަނޑުން މެންޗެސްޓާ ސިޓީ މޮޅުވި މެޗުގެ ނިމެން ދަނިކޮށް 81 ވަނަ މިނެޓުގައެވެ.

އިޝްތިހާރު Below Header ad

ސިޓީއިން ބުނީ ޑިބްރޭނާއަށް އަނިޔާވެފައި ވަނީ އޭނާގެ ފައިގެ ފަލަމަސްގަނޑަށް ކަމަށާއި އެއަނިޔާގެ ސަބަނުން އޭނަ އެއް މަސްދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ.

އެހެންކަމުން ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންނަ ބުދަ ދުވަހު ސެލްޓިކް އާއި ދެކޮލަށް ސިޓީ ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ.

އަދި އަންނަ މަހުގެ 15 ވަނަ ދުވަހު އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗާއި ބާސާއާ ދެކޮޅަށް އަންނަ މަހު 19 ގައި ކުޅޭ މެޗު އަދި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އަންނަ މަހުގެ 26 ވަނަ ދުވަހު ކުޅޭ މެޗުގައިވެސް ޑިބްރޭނާއަށް ކުޅެވޭނެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް މޮޅުވެ ލީގުގެ އެއް ވަނަ މަގާމުގައި ސިޓީ އޮތީ 18 ޕޮއިންޓާ އެކުވެ. ދެ ވަނަ މަގާމުގައި އޮތީ ކުޅުނު ހަ މެޗުން 14 ޕޮއިންޓް ހޯދައިގެން ޓޮޓެންހަމް އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.