ސްޕެނިޝް ލީގުގެ ތިންވަނަ މަގާމަށް އެތްލެޓިކޯ މެޑްރިޑް ޖެހިލައިފި

ސްޕެނިޝް ލީގުގައި ރޭ ޑިޕޯޓިވޯ އަތުން މޮޅުވެ ތާވަލްގެ ތިންވަނަ މަގާމަށް އެތްލެޓިކޯ މެޑްރިޑް ޖެހިލައިފި އެވެ.

ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަތުން އެތްލެޓިކޯ މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

އެތްލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެތުލެޓިކޯއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އެންޓޮނީން ގްރިޒްމަން އެވެ.

މިއީ ގްރިޒްމަން މި ސީޒަނުގައި އެޓީމަށް ކާމިޔާބުކޮށްދިން ފަސްވަނަ ލަނޑެވެ.

ދެޓީމުގެ ފަރާތުން ވެސް ފޯރިގަދަ އަވަސް ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ޑިޕޯޓިވޯއަށް މެޗުން މޮޅުވުމަށް ހުރަސްތަކާ ކުރިމަތިލާންޖެހުނީ މެޗުގެ 45 ވަނަ މިނެޓުގައި އެޓީމުގެ ކުޅުންތެރިއަކަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

ރޭގެ މޮޅާއެކީ އެތްލެޓިކޯ ލީގުގެ ތިންވަނައިގައި އޮތީ ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކީގަ އެވެ. ލީގުގެ ދެވަނައިގައި13 ޕޮއިންޓާއެކީ ބާސާ އޮތްއިރު، ލީގުގެ އެއްވަނައިގައި 14 ޕޮއިންޓާއެކީ އޮތީ ރެއާލް މެޑްރިޑެވެ. އަދި މެޗުން ބަލިވި ޑިޕޯޓިވޯ އޮތީ ފަސް ޕޮއިންޓާއެކު 16 ވަނަ މަގާމުގަ އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު، އޮސަސޫނާ އަތުން ވިލަރެއާލް 3-1 ލަނޑުން މޮޅުވިއިރު، އެސްޕަންޔޯލް އަތުން ސެލްޓަވިގޯ މޮޅުވީ 2-0 ލަނޑުންނެވެ. އަދި ލެގަނޭސް އަތުން ވެލެންސިއާ މޮޅުވީ 2-1 ލަނޑުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.