ފަތިސް ނަމާދު ވަގުތު ނަމާދު ނުކޮން ނިދާފަ އޮންނަ މީހަކަށް ދޭނެ ނަސޭހަތަކީ ކޮބާތޯ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ރޭގަނޑު ދަންވަންދެން ހޭލާ ހުރުމާއި އެނޫންވެސް ފަތިހު ހޭލުމަށް ހުރަސް އެޅޭފަދަ ކަމެއް ނެތި، ހޭނުލެވުމަކުން މައްސަލަ އެއް ނެތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (لَيْسَ فِي النَّوْمِ تَفْرِيطٌ إِنَّمَا التَّفْرِيطُ عَلَى مَنْ لَمْ يُصَلِّ الصَّلاةَ ، حَتَّى يَحِينَ وَقْتُ الأُخْرَى) ރަވާހުލް އިމާމް މުސްލިމް. މާނައަކީ: “ނިދުމަކީ ފަރުވާ ކުޑަ ކުރުމެއް ނޫނެވެ. އެހެންނަމަވެސް، ފަރުވާ ކުޑަ ކުރުމަކީ އަނެއް ނަމާދު ވަގުތު ޖެހޭ އިރުގައި ނަމާދު ނުކޮށް ހުރުމެވެ.”

އިޝްތިހާރު Below Header ad

ނަމަވެސް ފަރުވާ ކުޑަ ކަމާއި އެކު ފަތިސް ނަމާދަށް ނުހޭލެވޭ ކަމަށް ވަނީނަމަ، ޚާއްޞަ ގޮތެއްގައި އެކަން ތަކްރާރުވާ ކަމަށް ވަނީނަމަ، އެއީ ވަރަށްވެސް ބޮޑު ނުބަޔެކެވެ. އެކަމުން ސަލާމަތް ވުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ. ފަތިސް ނަމާދަށް ފަރުވާ ކުޑަ ކުރާ މީހުންނާއި ބެހޭ ގޮތުން ވާރިދުވެފައިވެއެވެ.

1.     އެފަދަ މީހުންގެ ކަންފަތަށް ޝައިޠާނާ ކުޑަގިފިލި ކުރާނެއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެ ކިބައިން ރިވާވެގެން ވެއެވެ. (ذُكِرَ عِنْدَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّ فُلانَا نَامَ اللَّيْلَةَ حَتَّى أَصْبَحَ ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” ذَاكَ رَجُلٌ بَالَ الشَّيْطَانُ فِي أُذُنِهِ أَوْ أُذُنَيْهِ “) މާނައަކީ: “ހެނދުނު ވަންދެން ނިދާފައި އޮތް މީހެއްގެ ވާޙަކަ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވުމުން ޙަދިޘް ކުރެއްވިއެވެ. “އޭނާގެ ކަންފަތަށް ނުވަތަ ދެކަންފަތަށް ޝައިޠާނާ ވަނީ ކުޑަގިފިލި ކޮށްފައެވެ.”

2.     ފަތިސް ނަމާދަށް ނުހޭލެވުމަކީ މީހާގެ ކިބައިގާ ނިފާގް ކަމުގެ ބަލިމަޑުކަން ހުރި ކަމުގެ ހެއްކެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ. ( لَيْسَ مِنْ صَلَاةٍ أَثْقَلُ عَلَى الْمُنَافِقِينَ مِنْ صَلَاةِ الْعِشَاءِ الْآخِرَةِ وَمِنْ صَلَاةِ الْفَجْرِ وَلَوْ يَعْلَمُونَ مَا فِيهِمَا لَأَتَوْهُمَا وَلَوْ حَبْوًا.  لَقَدْ هَمَمْتُ أَنْ آمُرَ الْمُؤَذِّنَ فَيُقِيمَ ، ثُمَّ آمُرَ رَجُلًا يَؤُمُّ النَّاسَ ، ثُمَّ آخُذَ شُعَلًا مِنْ نَارٍ فَأُحَرِّقَ عَلَى مَنْ لَا يَخْرُجُ إِلَى الصَّلَاةِ بَعْدُ) މާނައަކީ: “ޢިޝާ ނަމާދާއި ފަތިސް ނަމާދަށް ވުރެ މުނާފިގުންނަށް ބުރަ ނަމާދެއް ނުވެއެވެ. އެ ދެނަމާދުގައިވާ މާތްކަން އެބައިމީހުންނަށް އެނގޭނަމަ ފިރުކިފައިވެސް އައީހެވެ. މުއައްޛިން މީހާ ގަމަތް ދިނުމުން މީސްތަކުންނާއިގެން ނަމާދު ކުރުމަށް މީހަކާ ޙަވާލުކޮށްފައި، ނަމާދަށް ނުނިކުމެ ތިބޭ މީހުންގެ ގާތަށް އަލިފާން ދަރުބުރި އެއް ހިފައިގެން ގޮސް ހުޅު ޖަހާފާނަމޭ ތިމަން ކަލެގެފާނުގެ ހިތްޕުޅަށް އަރާވަޑައިގަނެވެ.”

3.    ފަތިސް ނަމާދު ޖަމާޢަތުގައި އަދާކޮށްފިނަމަ، އެމީހެއްގެ ކިބައިން ﷲ ގެ ޛިންމާ ބަރީއަވެގެން ވެއެވެ. އަދި މުޅި ރޭ އެއްކޮށް ރޭއަޅުކަން ކުރި ކަމުގެ ދަރުމަ އާއި ޘަވާބު ދެއްވާނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ صَلَّى الصُّبْحَ فِيْ جمَاَعَةٍ فَهُوَ فِي ذِمَّةِ اللَّهِ) މާނައަކީ: “ފަތިސް ނަމާދު ޖަމާޢަތުގައި އަދާކޮށްފި މީހާ ވަނީ ﷲ ގެ ޛިންމާގެ ދަށުގައެވެ.”

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (من صلى الصبح في جماعة فكأنما صلى الليل كله) މާނައަކީ: “ޖަމާޢަތުގައި ފަތިސް ނަމާދު އަދާކޮށްފި މީހާ މުޅި ރޭ އެއްކޮށް އަޅުކަން ކުރިފަދަ އެވެ.”

4.     ފަތިސް ނަމާދަށް ފަރުވާ ކުޑަ ކުރާ މީހުންނަށް ގިޔާމަތް ދުވަހުގައި ﷲ ފެނުމުގެ ނިޢްމަތުން މަޙްރޫމް ވެގެން ދެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ( إِنَّكُمْ سَتَرَوْنَ رَبَّكُمْ ، كَمَا تَرَوْنَ هَذَا الْقَمَرَ لَيْلَةَ الْبَدْرِ ، لا تُضَارُّونَ فِي رُؤْيَتِهِ ، فَانْظُرُوا ، لا تُغْلَبُوا عَلَى صَلاةٍ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا  ) މާނައަކީ: “ހަމަކަށަވަރުން ތިޔަބައިމީޙުންނަށް ހަނދު އަރާ ރޭރޭގައި ހަނދު ފެންނަ ފަދައިން ތިޔަބައިމީޙުން ހައްދަވާ ގެންގުޅުއްވާ އިލާހު ފެންނާނެއެވެ. އިރު އޮއްސުމުގެ ކުރިންނާއި އިރު އެރުމުގެ ކުރިން ކުރަން އޮންނަ ނަމާދަށް ފަރުވާ ކުޑަ ނުކުރާ ހުށި ކަމެވެ.”  واللهأعلم

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.