ޚަބަރު ފީތާ

ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަރނެޓް ހިމަންދޫއަށް ތަޢާރަފް ކޮށްފި

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އއ. ހިމަންދޫއަށް ތައާރަފްކޮށްފި އެވެ.

އެ ކުންފުނިން ހިމަންދޫއަށް މި ޚިދުމަތް ތަޢާރަފްކޮށްފައިވަނީ މިއަދު އެވެ.

އުރީދޫ އިން ބުނީ ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކާއި ސުޕަރނެޓްގެ ޚިދުމަތް އއ. ހިމަންދޫއިން ފުރަތަމަ ގަންނަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ލިބޭނެ ކަމަށެވެ. އަދި ޔޫއެފާ ޔޫރޯ 2020 އާއި ގުޅިގެން ކުރިއަށްގެންދާ ޙާއްސަ ޕްރޮމޯޝަންގެ ދަށުން މެޗުތައް ބަލާލުމަށް ސުޕަރނެޓް 50އެމް އަދި 100އެމް ނަވާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓަށް 1 މަސް ދުވަހުގެ ސަބްސްކްރައިޕްޝަން މުޅިން ހިލޭ ލިބޭނެ ކަމަށެވެ.

އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ އިންޓަރނެޓް ބޭނުންކުރަންޖެހޭވަރު އިތުރުވެ، އިންޓަރނެޓްގެ މުހިންމުކަން އިތުރުވެފައިވާ މިދަނޑިވަޅުގައި އެ ކުންފުނިން މަސައްކަތްކުރަމުން ދަނީ ފެންވަރު ރަނގަޅު އިންޓަރނެޓްގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފޮރުކޮށްދެވޭތޯ ކަމަށެވެ.

އެގޮތުން ޕެންޑެމިކްއާއެކު އެ ކުންފުންޏަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް މިއަހަރުތެރޭގައި އައު 7 ރަށަކަށް ސުޕަރނެޓްގެ ޚިދުމަތް ފޯރުކޮށްދެވިފައިވާކަމީ އުފާކުރާކަމެއް ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.

“ހަމަ އެހެންންމެ މިއަދު އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕަރނެޓްގެ ޚިދުމަތް އއ. ހިމަންދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާއި އެކު އިންޓަރނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން.” ނިޔާޒު ވިދާޅުވި އެވެ.

Like
Like Love Haha Wow Sad Angry