ތިން ގައުމެއްގެ ސަފީރުންނަށް ރުހުން ދީފި، ޗައިނާއަށް ފަޒީލް ނަޖީބު

ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ޕްރައިމަރީން ނާކާމިޔާބުވި ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު ހިމެނޭހެން ތިން ބޭފުޅަކު ސަފީރު ކަމަށް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

ތިން ގައުމުގެ ސަފީރުން އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ބޭފުޅުންނަށް ރުހުންދޭން ފެންނަ ކަމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމީޓީން ވަނީ ފާސްކޮށްފައެވެ. އެއީ:

އިޝްތިހާރު Below Header ad

* ޗައިނާގެ ސަފީރަކަށް ޑރ. ފަޒީލް ނަޖީބު
* ބަންގްލަދޭޝްގެ ސަފީރަކަށް ޝިއުނީން ރަޝީދު
* ސައުދީގެ ސަފީރަކަށް މުހައްމަދު ތާހާ

އެ ތިން ބޭފުޅުން އެ ގައުމުގެތަކުގެ ސަފީރު ކަމަށް އައްޔަނުކުރަން މިއަދު މަޖިލިސް ތަޅުމުގައި ނެގި ވޯޓުގައި ފަޒީލް އަދި ޝިއުނީންއަށް ރުހުން ލިބިވަޑައިގަތީ 35 ވޯޓުންނެވެ. ތާހާއަށް ރުހުން ލިބިވަޑައިގެންނެވީ 33 ވޯޓުންނެވެ.

އެ ތިން ބޭފުޅުންނަށް ރުހުންދިނުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއްނުވެއެވެ.

ފުވައްމުލަކު މެދު ދާއިރާއަށް ވާދަކުރެއްވި ފަޒީލް ނަޖީބާއި، ހޮޅުދޫ ދާއިރާއަށް ވާދަކުރެއްވި ތާހާއަކީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރައްވައި، ނާކާމިޔާބުވި ދެ ބޭފުޅުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.