އީގަލްސް ބަލިވެ ލީގް ޗެމްޕިއަންކަން މާޒިޔާ އަށް ލިބިއްޖެ

ތާވަލުގެ ދެ ވަނައިގައި އޮތް އީގަލްސް ވީކްޓްރީ އަތުން ބަލިވުމުން އުރީދޫ ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން މާޒިޔާއަށް ކަށަވަރުވެއްޖެ އެވެ.

އީގަލްސް ވިކްޓްރީ އަތުން ބަލިވީ 0-2 ގެ ނަތީޖާއިންނެވެ.

އިޝްތިހާރު Below Header ad

ކުރިޔަށް ބާކީ ތިން މެޗް އޮއްވައި މާޒިޔާ އިން ލީގް ކަށަވަރު ކުރި އިރު އީގަލްސްއާ އެޓީމާ ދެމެދު 11 ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެވެ.

މާޒިޔާ އަށް 43 ޕޮއިންޓް ލިބިފައިވާއިރު އީގަލްސް އަށް ލިބިފައިވަނީ 32 ޕޮއިންޓެވެ. އީގަލްސްް ކުރިއަށް އޮތް ތިން މެޗު ކާމިޔާބު ކުރި ނަމަވެސް އެޓީމަށް ލިބޭނީ 41 ޕޮއިންޓެވެ.

ވިކްޓްރީން މި މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ލިބުނު ހިލޭ ޖެހުމެއްގައި ރިލްވާން ވަހީދު ކާމިޔާބު ކުރި ލަނޑެކެވެ.

ފުރަތަމަ ހާފު ވިކްޓްރީ ލީޑުގައި އޮވެ ނިމުނުއިރު އެތިމުގެ ދެވަނަ ލަނޑަކީ އޮމަޑޫ އަށް ހުހަށް ލިބުނު ފުރުސަތެއްގައި އީގަލްސްގެ ކީޕަރުވެސް ކަޓުވަލުމަށް ފަހު ކާމިޔާބު ކުރި ލަނޑެކެވެ.

ވިކްޓްރީގެ ތިން ވަނަ ލަނޑު މެޗްގެ ފަހު ވަގުތު ކާމިޔާބު ކުރީ މުހައްމަދު ރިޝްވާން އެވެ.

މި މެޗުން މޮޅުވުމުން ވިކްޓްރީ އަށްވެސް ވަނީ ރެލިގޭޝަން ޒޯނުން ސަލާމަތް ވުމުގެ އުންމީދު އާވެފައެވެ. މި ނަތީޖާއާ އެކު ވިކްޓްރީ ތާވަލްގެ ހަތް ވަނައިގައި އޮތީ 16 ޕޮއިންޓާކު އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.