ޚަބަރު ފީތާ

އަހަރުމެންގެ ތިމާވެށި ރައްކާތެރިކުރާނީ އަހަރުމެން: ސޮނާކްސީ ސިންހަ

ބޮލީވުޑްގެ ބަތަލާ ސޮނާކްސީ ސިންހަ ޢާއިލާގެ ފަރާތުން ގަސް އިންދުމުގެ ހަރަކާތެއް ހިންގައިފި އެވެ.

މުމްބާއީގައި ބޭއްވި މި ހަރަކާތުގައި ސޮނާކްސީ ގެ ބައްޕަ އަދި އެކްޓަރ ސަތްރޫގަން ސިންހަ އާއި މަންމަ ޕޫނަމް ސިންހަ ވެސް ވަނީ ބައިވެރިވެފަ އެވެ.

މިހަރަކާތުގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ސޮނާކްސީ ބުނެފައިވަނީ މުމްބާއީއަށް އެރި ތައުކްތޭ ތޫފާނުގެ ސަބަބުން ވަރަށް ގިނަ ގަސްތައް ވެއްޓިފައިވާ ކަމަށެވެ. އެހެންކަމުން އޭގެ ބަދަލުގައި އިތުރު ގަސްތައް އިންދާ، ހައްދަން ޖެހޭ ކަމަށް ވެސް ސޮނާކްސީ ވަނީ ބުނެފަ އެވެ.

ސޮނާކްސީގެ ޢާއިލާއިން ވަނީ ތޫފާނުގެ ސަބަބުން ނެތިގެން ދިޔަ ގަސްތަކުގެ ބަދަލުގައި އިތުރު ގަސް އިންދުމަށް ގޮވާލާފަ އެވެ.

“އަހަރުމެންގެ ތިމާވެއްޓަށް އަހަރުމެން އަޅާނުލައިފި ނަމަ، ދެން ކޮން ބައެއް އެކަމަށް އަޅާލާނީ. ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓުމުން ވަރަށް ގިނަ ބަޔަކު ގަސްތައް އިންދަމުން އެބަދޭ. އެއީ ވަރަށް ރަނގަޅު އިނީޝިއޭޓެއް. ކޮންމެ މީހަކު ވެސް ތިމާވެށި ރައްކާތެރި ކުރުމަށް މަސައްކަތް ކުރަންޖެހޭނެ ފަރުދީ ގޮތުން ވެސް.” ސޮނާކްސީ ބުންޏެވެ.

ސަތުރަގަން ސިންހަ ބުނީ އެ ތޫފާނުގައި އެތައް ހާސް ގަހެއް ވެއްޓީ ގެއްލުން ލިބިފައިވާ އިރު، މިކަމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ސޮނާކްސީ ސިންހަ ޢާއިލާއިން ގަސް އިންދުމުގެ މި ހަރަކާތް ހިންގާފައިވާ އިރު، އަނޫޕަމްކޭރު ވެސް ވަނީ ގަސް އިންދުމުގެ ހަރަކާތެއް ބާއްވާފަ އެވެ.

އަނޫޕަމްކޭރު ބުނީ ގަސް އިންދުމަކީ ހަމައެކަނި ތިމާގެ ފައިދާއަށް ކުރަންވީ ކަމެއް ނޫން ކަމަށާއި އެއީ އަންނަން އޮތް ޖީލުތަކަށް ވެސް ވެދެވޭ ވަރަށްބޮޑު އެހީތެރިކަމެއް ކަމަށެވެ.

އެހެންކަމުން ކޮންމެ މީހަކު ވެސް ގަސް އިންދާ މުޅި ގައުމުު ފެހިކޮށްދިނުމަށް އަނޫޕަމްކޭރު ވަނީ އެދިފަ އެވެ.

 

Like
Like Love Haha Wow Sad Angry
%d bloggers like this: