އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ޙައްޖުވެރިންނަަށް ޙައްޖާއި ގުޅޭ މުހިއްމު ފޮތްތަކެއް ހިލޭ ބަހަން ފަށައިފި

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ޙައްޖުވެރިންނަަށް ޙައްޖާއި ގުޅޭ މުހިއްމު ފޮތްތަކެއް ހިލޭ ބަހަން ފަށައިފިއެވެ.

އެގޮތުން މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލާމުގައި ކުރިއަށްދިޔަ ޙައްޖުވެރިންގެ ފުރަތަމަ ތަމްރީން ބައްދަލުވުމުގެ ތެރެއިން، ވުޒާރާއިން ވަނީ ފޮތް ހަދިޔާކޮށްފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

WhatsApp Image 2026 05 13 at 16.21.57 1

މީގެ ތެރޭގައި މި ފަހުން ތަރުޖަމާކޮށް ނިންމާފައިވާ ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ޙައްޖާއި ޢުމްރާގެ އަޅުކަން’ އަދާކުރާނެ ގޮތާއި، އަލްމަސްޖިދުއްނަބަވީއަށް ޒިޔާރަތް ކުރުން’ މި ފޮތް ހިމެނެއެވެ.

މި ފޮތް ތަރުޖަމާކޮށްދެއްވީ އައްޝައިޚް ޢަބްދުލްޤާދިރު މުޙައްމަދުއެވެ. އަދި މުރާޖަޢާކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

މިއަހަރުން ފެށިގެން މި ފޮތާއި، ޙައްޖާއި ޢުމްރާއާއި ގުޅޭ އެކި ފޮތްތައް، ރާއްޖެއިން ފުރާ އެންމެހާ ޙައްޖުވެރިންނަށް ފޯރުކޮށްދިނުމަށް ވުޒާރާއިން ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.