ބާސެލޯނާ މޮޅުވިއިރު ރެއާލް މެޑްރިޑް ވީ އެއްވަރު

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ކުޅުނު މެޗުން އެޓީމު މޮޅުވިއިރު ރެއާލް މެޑްރިޑް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ބާސާ ރޭ މޮޅުވީ ސްޕޯޓިން ގިހޯން އާއި ބައްދަލުކުރި މެޗުން 0-5 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު Below Header ad

ރޭ ކުޅުނު މި މެޗުގައި ބާސާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު އެޓީމުގެ ފުރަތަމަ ގޯލް މެޗުގެ 29 ވަނަ މިނެޓްގައި ކާމިޔާބުކޮށްދި މެޗު ލީޑު ނަގައިދިނީ ލުއިސް ސުއަރޭޒްއެވެ. އަދި މެޗުގެ 32 ވަނަ މިނެޓްގައި ރަފީންޔާ ވަނީ އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ.

ދެ ގޯލުގެ ލީޑަކާއެކީ ފުރަތަމަ ހާފް ބާސާއިން ނިންމާލިއިރު ފަހުހާފުގެ  74 ވަނަ މިނެޓްގައި ބާސާގެ ޑިފެންޑަރު ސާޖީ ރޮބާޓޯއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ސްޕޯޓިންގެ ކެޕްޓަން ލޮރާއަށް ރަތްކާޑު ދައްކާފައެވެ.

ބާސާގެ ތިންވަނަ ގޯލް މެޗުގެ 81 ވަނަ މިނެޓްގައި ނޭމާ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ހަތަރުވަނަ ގޯލް މެޗުގެ 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަރްދާ ޓުރާންއެވެ. އަދި އެޓީމުގެ ފަހު ގޯލް އޭގެ ތިން މިނެޓްފަހުން ކާމިޔާބުކޮށްދިނީ ނޭމާއެވެ. ނޭމާ ވަނީ ރޭގެ މެޗުގައި 3 ލަނޑުޖަހާ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ލީގުގައި ރޭ ކުޅުނު މެޗުން ރެއާލް މެޑްރިޑް އެއްވަރުވީ ލަސް ޕަލްމަސް އާއި ބައްދަލުކޮށް 2-2 ގެ ނަތީޖާއަކުންނެވެ.

ctjwg46w8aaml9k

ސް ޕަލްމަސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ރެއާލްއިންނެވެ. މި ގޯލް މެޗުގެ 33 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، މާކޯ އެސެންސިއޯއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން، ޓާނާ ވަނީ ލަނޑެއް ޖަހާ ލަސް ޕަލްމަސްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފްގައި ރެއާލްއިން ދިޔައީ ކައިރިކައިރީގައި ލަސް ޕަލްމަސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިތުބާރު ފޯވާޑް ކަރީމް ބެންޒެމާ ވަނީ ރެއާލްގެ ދެވަނަ ލަނޑުޖަހާ ދެވަނަ ފަހަރަށް ނަގާދީފައެވެ.

ލަސް ޕަލްމަސްއަށް ނަތީޖާ ދެވަނަ ފަހަރަަށް އެއްވަރުކޮށްދިނީ މެޗުގެ 85 ވަނަ މިނެޓްގައި އަރައުހޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗުން އެއްވަރުވެގެން ނިމުނުއިރު ރެއާލް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުންވެސް އެޓީމުވަނީ އެއްވަރުވެފައެވެ.

ރޭގެ ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި 14 ޕޮއިންޓާއެކީ އަދިވެސް އޮތީ ރެއާލްއެވެ. ލީގުގެ ދެވަނައިގައި 13 ޕޮއިންޓާއެކީ ބާސެލޯނާ އޮތްއިރު ތިންވަނައިގައި 12 ޕޮއިންޓާއެކީ އޮތީ އެތްލެޓިކް ބިލްބާއޯއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.