އެކްޓަރު ސުޝާންތު ސިންހް އަށް ނިސްބަތްކޮށް ހަދާފައިވާ ފިލްމުގެ ޓްރެއިލަރ ދައްކާލައިފި

ބޮލީވުޑް އެކްޓަރ އެކްޓަރު ސުޝާންތު ސިންހް ރާޖުޕުތުއަށް ނިސްބަތްކޮށް ހަދާފައިވާ ފިލްމް ގެ ޓްރެއިލަރ ދައްކާލައިފި އެވެ.

ޓީވީ އެކްޓަރު ޒުބަރު ޚާން ސުޝާންތުގެ ރޯލު އަދާކުރާ އަދި ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ ރޯލު ޝްރެޔާ ޝުކްލާ ކުޅެފައިވާ މި ފިލްމަށް ދީފައިވާ ނަމަކީ “ނިއާއޭ: ދަ ޖަސްޓިސް” އެވެ.

އިޝްތިހާރު Below Header ad

ދިލިޕް ގުލާޓީގެ ސްކްރިޕްޓަކަށް މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ވެސް ދިލިޕް ގުލާޓީ އެވެ.

ފިލްމުގެ އެކްޓަރު ޒުބަރު ބުނީ މި ފިލްމަކީ ސުޝާންތުގެ ބަޔޮޕިކް އެއް ނޫން ކަމަށާއި މިއީ އޭނާގެ ހަޔާތުން އިންސްޕަޔަރވެގެން އުފެއްދި ފިލްމެއް ކަމަށެވެ. އަދި މި ފިލްމަކީ ސުޝާންތަށް ދޭ ޓްރިބިއުޓެއް ކަމަށެވެ.

މި ފިލްމުގައި ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ޝަކްތީ ކަޕޫރު، އާސްރާނީ އަދި ކިރަން ކުމާރު ވެސް ހިމެނެ އެވެ. ފިލްމުގައި މަހޭޝް ބަޓްގެ ރޯލުން ފެންނާނީ އަރޫން ބަކްޝީ އެވެ.

މި ފިލްމުގެ އިތުރުން “ޝަޝަންކް”، “ސުއިސައިޑް މާޑާ އޯ” އަދި “ސުޝާންތު”ގެ ނަމުގައި ފިލްމެއް ހަދަން ވަނީ ނިންމާފަ އެވެ.

ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތު މަރުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ.

YouTube player

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.