ޚަބަރު ފީތާ

ދުނިޔޭގައި ފަގީރުންގެ ޢަދަދު މިއަހަރު 75 މިލިއަނަށް އަރާނެ: ރިޕޯޓު

ދުނިޔޭގައި ފަގީރުންގެ ޢަދަދު މިއަހަރު 75 މިލިއަނަށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ވަރލްޑް އެމްލޯއިމަންޓް އެންޑް ސޯޝަލް އައުޓްލުކްސް އާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ވަޒީފާނެތް މީހުން އިތުރުވުމާއި ގުޅިގެން 2023 އަންނަންވާއިރު ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ބޭނުންވާ ވަރާއިގާތަށް ވެސް މަސައްކަތްތެރިން ލިބުން ދަތިވާނެ އެވެ. އަދި ކާރިސާތަކާއި ހެދި ވަޒީފާއެއްނެތް މީހުންގެ ޢަދަދު 2022 ވަނަ އަހަރު 23 މިލިއަނަށް އިތުރުވުމުގެ ކުރިން މިޢަދަދު މިއަހަރު 75 މިލިއަނަށް އިތުރުވާނެކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މަދު ވަގުތުކޮޅަކަށް މަސައްކަތްކުރަންޖެހޭ މީހުން އިތުރުވާނެ ކަަމަށް އަންދާޒާކޮށްފައިވާ އިރު، މިއީވެސް ވަޒީފާއެއް ނެތުން ކަހަލަ ކަމެއްކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނުން ބުނެފައިވަނީ މުޅި ދުނިޔެއިން ވަޒީފާނެތް މީހުންގެ ޢަދަދު ގާތްގަޑަކަށް 205 މިލިއަނަށް އަރައި 2022 ވަނަ އަހަރު ދުނިޔޭގެ ވަޒީފާނެތް މީހުންގެ ނިސްބަތް 5.7 އިންސައްތައަށް އަރާނެކަމަށެވެ.

2019 ވަނަ އަހަރާއި އަޅާބަލާއިރު މުޅިދުނިޔެއިން އިތުރު 108 މިލިއަން މަސައްކަތްތެރިންވަނީ ފަޤީރު އަދި ވަރަށް ބޮޑަށް ފަޤީރުވެފައިވާ މީހުންގެ ގޮތުގައި ވަނީ ދަރަޖަ ކުރެވިފަ އެވެ.

އޭގެ މާނައަކީ ފަޤީރުކަން ނައްތާލުމަށް މިދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި މާބޮޑު މަސައްކަތެއް ކުރެވިފައި ނުވާކަން ކަމަށާއި 2030 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔެއިން ފަޤީރުކަން ނައްތާލުމަށް ޔޫއެން އިން ކަނޑައަޅާފައިވާ “ސަސްޓެއިނެބަލް ޑިވެލޮޕްމަންޓް ގޯލް” މަތިން ހަނދާނެތިފައިވާކަން ކަމުގައިވެސް ލޭބަރ އޮގަނައިޒޭޝަނުން ބުނެ އެވެ.

ވަޒީފާނެތް މީހުން ގިނަވުމުގެ މައިގަނޑު ސަބަބުތަކަކީ ފައިދާހުރި ގޮތެއްގައި މަސައްކަތްތެރިންގެ ބޭނުން ނުހިފުމާއި މަސައްކަތުގެ މާހައުލުގެ ފެންވަރު ދަށްވުން ކަމުގައި ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މިގޮތުން މިއަހަރު އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ލެޓިން އެމެރިކާ، ކެރީބިއަން، ޔޫރަޕް އަދި ސެންޓްރަލް އޭޝިއާގެ ޤައުމުތަކަށް ކަމަށް ފާހަގަކޮށްފައި ވެއެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: