ޚަބަރު ފީތާ

އުރީދޫ އިން ސޮނީ ލިވް އާއި ޕާރޓްނަރ ވެ، ޔޫރޯ ފުޓްބޯޅަ މުބާރާތް ބަލައިލުމުގެ ފުރުސަތު!

އުރީދޫ އިން ސޮނީ ލިވް އާއި ޕާރޓްނަރ ވެ، ޔޫރޯ ފުޓްބޯޅަ މުބާރާތް ބަލައިލުމުގެ ފުރުސަތު ތަނަވަސްކޮށްދީފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މިއީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ޔޫއެފާ ޔޫރޯ 2020 ގެ މެޗްތައް ފަސޭހަކަމާއިއެކު ކޮންމެތާކުންވެސް ބަލާލުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން ވެވުނު އެއްބަސްވުމެއް ކަމަށެވެ.

އޭޝިއާގެ މަޝްހޫރު ސްޓްރީމިންގ ޕްލެޓްފޯރމެއް ކަމުގައިވާ ސޮނީ ލިވް އާއެކު އުރީދޫ އިން ވެފައިވާ މި ޚާއްޞަ ޕާރޓްނަރޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސްއިން މިއަދުވަނީ ސޮނީ ލިވް ޕްރީމިއަމް މަންތްލީ ސަބްސްކްރިޕްޝަންއާއިއެކު މެޗުތައް ބަލާލުމަށް 20ޖީބީ ގެ ޑޭޓާ އެންމެ 250 ރުފިޔާއަށް ލިބޭ ޚާއްޞަ ޕެކޭޖެއް “ޔޫރޯ 2020 ޕެކް” ގެ ނަމުގައި ތަޢާރަފްކޮށްފަ އެވެ.

30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ މި ޕެކް ނަންގަވާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓާއި ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް އަދި ސްޕޮޓިފައި ވެސް ބޭނުންކުރެވޭނެ އެވެ. އަދި ފުޓްބޯޅައަށް ލޯބިކުރައްވާ ފަރާތްތަކަށް ޚާއްޞަ ހަދިޔާއެއްގެގޮތުން އާޗާ ޕޯސްޓްޕެއިޑް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށާއި، އާޗާ ޕްރިޕެއިޑް 2ޖީބީ/ޑޭ މަންތްލީ ޕްލޭން، ސުޕަރނެޓް 50އެމް އަދި 100އެމް ގެންގުޅުއްވާ ކަސްޓަމަރުންނަށްވެސް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްއަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު މުޅިން ހިލޭ ލިބިގެންދާނެއެވެ.

އާޗާ ޕޯސްޓްޕެއިޑް ގެންގުޅުއްވާ ފަރާތްތަކަށް ސޯޝަލްމީޑިއާއަށް ޚާއްޞަ ކުރެވިފައިވާ ޑޭޓާ ބޭނުންކުރައްވައިގެން ޔޫރޯ 2020 ގެ މެޗުތައް ސޮނީ ލިވް މެދުވެރިކޮށް ބައްލަވާލެވޭނެ އެވެ.

އުރީދޫ މޯލްޑިވްސް ގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވީ ފުޓުބޯޅައަކީ ފެށުނީއްސުރެ ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީ އެއްބައިވަންތަކަމުގެ ރޫހު އާލާ ކުރުވާ ކުޅިވަރެއް ކަމަށެވެ.

“ދިގު އިންތިޒާރަކަށްފަހު ދުނިޔޭގެ އެކި ހިސާބުތަކުން ޔޫއެފާ ޔޫރޯ 2020 ގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ހަމަ އެ ފޯރީގައި އެ އުރީދޫގެ ކަސްޓަމަރުންނަށްވެސް ސޮނީ ލިވް އާއެކު މި ތައާރަފް ކުރެވުނު ޚާއްޞަ އޮފަރތައް މެދުވެރިކޮށް، ކޮންމެތާކު ތިއްބަވައިގެންވެސް ޔޫރޯ 2020 ގެ މެޗުތައް ބަލާލުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ. އަޅުގަނޑުމެންގެ އުންމީދަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ފުރިހަމަގޮތުގައި ޔޫރޯ މުބާރާތް ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދިނުން” ނިޔާޒު ވިދާޅުވި އެވެ.

މި ޚާއްޞަ އޮފަރގެ ދަށުން އާޗާ ޕޯސްޓްޕެއިޑް 600، އާޗާ ޕޯސްޓްޕެއިޑް 800، އާޗާ ޕްރިޕެއިޑް 2ޖީބީ/ޑޭ މަންތްލީ، ސުޕަރނެޓް 50އެމް އަދި 100އެމް އަށް ސަބްސްކްރައިބް ކުރައްވާފައިވާ ކަސްޓަމަރުންނަށާއި، އަލަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށް 11 ޖޫން 2021 އިން ފެށިގެން ސޮނީ ލިވް ގެ ޕްރީމިއަމް ކޮންޓެންޓްއަށް 1މަސް ދުވަހުގެ ސަބްސްކްރިޕްޝަން މުޅިން ހިލޭ ލިބިވަޑައިގަންނަވާނެ އެވެ. އަދި އާޗާ ޕޯސްޓްޕެއިޑް 1000 ގެންގުޅުއްވާ ފަރާތްތަކާއި އަލަށް ނަންގަވާ ފަރާތްތަކަށް 1އަހަރު ދުވަހުގެ ހިލޭ ސަބްސްކްރިޕްޝަން ލިބިވަޑައިގަންނަވާނެ އެވެ.

ސޮނީ ލިވް އަކީ ސޮނީ ޕިކްޗަރސްއިން ފޯރުކޮށްދޭ ޕްރީމިއަމް ވީޑިއޯ އޮން ޑިމާންޑް ޚިދުމަތެކެވެ. އެއް-ސަބްކްރިޕްޝަނަކުން ގިނަ ޑިވައިސްތަކެއް މެދުވެރިކޮށް ސްޓްރީމް ކުރެވޭއިރު، މި ޕްލެޓްފޯރމްގައި 20 އަހަރުގެ މަގުބޫލު އެތައް ޓީވީ ޝޯވ، ސީރީޒް، ފިލްމު އަދި ކުޅިވަރު ޕްރޮގްރާމްތަކާއި ޗެނަލްތައް ބަލާލެވޭނެ އެވެ.

ޔޫރޯ ޕެކް، އާޗާ ޕޯސްޓްޕެއިޑް، އާޗާ ޕްރިޕެއިޑް އަދި ސުޕަނެޓްގެ ޚިދުމަތް ހޯދާލުމަށް http://ore.do/app އަށް ޒިޔާރަތްކޮށްލައްވާށެވެ. އިތުރު މައުލޫމާތު ހޯދާލުމަށް http://ore.do/sonyliv އަށް ޒިޔާރަތްކޮށްލައްވާށެވެ.

Like
Like Love Haha Wow Sad Angry