ޔުނައިޓެޑަށް ބޮޑު މޮޅެއް.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެ ފަހުގެ ލީގު ޗެމްޕިއަން ލެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑު ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑު ކާމިޔާބުކޮށްފިއެވެ.

ލެސްޓާގެ މައްޗަށް މެންޗެސްޓާ ޔުނައިޓެޑުން ކުރި ހޯދީ 1-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އިޝްތިހާރު Below Header ad

ޔުނައިޓެޑުން ޖެހި 4 ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ.

ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ޔުނައިޓެޑް ބަލިވިއިރު މިރޭ ކެޕްޓަން ވޭން ރޫނީ އަށް ފުރުސަތެއް ނުދެ އެވެ. ދުނިޔޭގެ ރެކޯޑް އަގެއްގައި ޔުނައިޓެޑާ ގުޅުނު ޕޮގްބާގެ އިތުރުން މި މެޗުގައި ލަނޑު ޖެހީ ކްރިސް ސްމޯލިން އާއި ހުއާން މަޓާ އަދި މާކަސް ރެޝްފޯޑެވެ. ދެ ވަނަ ހާފުގައި ލެސްޓާގެ ހަމައެކަނި ގޯލް ޖެހީ ޑެމަރައި ގްރައޭ އެވެ.

މި މޮޅާ އެކު 12 ޕޮއިންޓް ހަމަކޮށް ޔުނައިޓެޑް އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ހަ މެޗުން ހަ މޮޅުވި ހޯދައިގެން 18 ޕޮއިންޓާ އެކު ވާދަވެރި ސިޓީ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.