ސަޕްނާ ހުރީ އެއް ކްރޯޑު ރުޕީސް ދޭށޭ ބުނަން ތައްޔާރުވެއްޖެ

ދަ ކަޕިލް ޝަރުމާ ޝޯވ އޭ ބުނުމުން އެންމެނަށް ވެސް އެނގޭނެ އެވެ.

އެންމެން ވެސް ހެއްވާލާ، މަޖާކޮށްލުމަށް ސޮނީ އެންޓަރޓެއިންމެންޓުން ގެނެސްދޭ މި ޝޯވ މެދުކެނޑުނުނީ މުޅި ދުނިޔޭގައި ފެތެރެމުންދާ ކޮވިޑު ބަލީގެ ސަބަބުން ނެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން އެ ޝޯވ ހުށަހަޅައިދޭ ކޮމެޑިއަން ކަޕިލް ޝަރުމާއަށް އިތުރު ދަރިއަކު ލިބި، މި ހާލަތުގައި އެ ޝޯވ އަށް ވަގުތު ނުދެވުން ވެސް އެއީ މެދުކަނޑާލި ސަބަބެކެވެ.

އެހެން ނަމަވެސް އަނެއްކާ ވެސް އެ ޝޯވ ބެލުންތެރިންނާ ހަމައަށް އަންނަން ވަނީ ތައްޔާރު ވެފައެވެ.

މަޝްހޫރު އެކްޓަރ، ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ސަލްމާން ޚާން އާއި އޭނާގެ ޢާއިލާއިން “ދަ ކަޕިލް ޝަރުމާ ޝޯވ” ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރާ އިރު، އައު އެޕިސޯޑުތަކާއެކު އަލުން ފަށާނެ ވަކި ތާރީޚެއް އަދިހާމައެއް ނުކުރެ އެވެ.

އެހެންނަމަވެސް އެ ޝޯވގައި ސަޕްނާގެ ރޯލު އަދާކުރަމުންދާ ކުރުޝްނާ އަބީޝެކް ވަނީ، ޝޯވ އަލުން ފަށަން އުޅޭ ކަމުގެ ޢިޝާރާތެއް ކޮށްފަ އެވެ.

އޭނާ ބުނީ ޝޯވ އަލުން ފަށާތީ ވަރަށް އުފާވާ ކަމަށާއި އެއް ކުރޯޑް ރުޕީސް ދިނުމަށް ބުނަން ކެތްމަދުވެފައި ހުރި ކަމަށެވެ.

ސަޕްނާގެ އެންމެ ފާހަގަކޮށްލެވޭ އެއްޑައިލޮގަކީ އެ ޝޯވ އަށް އަންނަ ގެސްޓުން ގާތު އެއް ކްރޯޑު ރުޕީސް ދޭން ބުނާ ބުނުމެވެ. އަދި އެ ޑައިލޮގު ބުނުމަށް އެ ގެންގުޅޭ ހެއްވާ މަޖާ ގޮތްތަކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.