ސީރިއާއިން ރާއްޖެ ބަލިކޮށް، ކޮލިފިކޭޝަންގެ ފައިނަލް ބުރުގެ އުންމީދު ބޮޑުކޮށްފި

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގައި މިރޭ ސީރިއާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން ރާއްޖެ ބަލިވެއްޖެއެވެ.

މިރޭ ކުޅުނު މެޗު ސީރިއާ އަތުން ރާއްޖެ ބަލިވީ  0-4 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު Below Header ad

ޑުބާއީގައި މިރޭ ކުޅުނު މެޗު ފެށިގެން ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ ސީރިއާއިންނެވެ. އެގޮތުން މެޗުގެ 29 ވަނަ މިނެޓުގައި ސީރިއާއިން ލަނޑުޖަހާ ލީޑުނެގިއެވެ. މި ލަނޑު ސީރިއާއަށް ކާމިޔާބު ކޮށްދިނީ މަހުމޫދު އަލް މަވާސްއެވެ. އޭގެ ހަތަރު މިނެޓު ފަހުން އަޔަސް އޮސްމާން ސީރިއާގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރިއިރު، އެޓީމުން މި ހާފުގައި ޖެހި ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ލިބުނު ޕެންލަޓީ އަކުން މެޗުގެ ފުރަތަމަ ލަނޑުވެސް ސީރިއާއަށް ކާމިޔާބު ކޮށްދިން މަހުމޫދު އަލް މަވާސްއެވެ.

ތިން ލަނޑު ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ސީރިއާއިން ނިންމާލިއިރު، އެޓީމުގެ ހަތަރު ވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ވެސް މަހުމޫދް އަލް މަވާސްއެވެ.

މެޗުގެ 85 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑާއި އެކު މައުއާދު އަލް އަޖާންއަށް ދެއްކި ރައްކާޑާއި އެކު ސީރިއާއިން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ.

މިރޭގެ މޮޅާއި އެކު ސީރިއާއިން ވަނީ ވޯލްޑް ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރާ ގާތަށް ޖެހިލާފައެވެ. އެންމެފަހުން 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕަށް ކުޅުނު ކޮލިފިކޭޝަންގެ ތިންވަނަ ބުރަށްވެސް ސީރިއާ ދަތުރު ކުރިއެވެ. އެފަހަރު ވޯލްޑް ކަޕްގެ ޖާގަ ސީރިއާއަށް ގެއްލުނީ ކޮލިފިކޭޝަން ފަހު މެޗުގައި 1-0 އިން އޮސްޓްރޭލިއާ އަތުން ބަލިވެގެންނެވެ.

މިރޭގެ މޮޅާއި އެކު އަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ސީރިއާއަށް ފައިނަލް ބުރަށް ދާން ދެން ބޭނުން ވަނީ ކުރިޔައް އޮތް ދެމެޗުން އެންމެ ދެ ޕޮއިންޓެވެ. ސީރިއާއަށް ކޮލިފިކޭޝަންގައި ބާކީ ދެ މެޗު އޮތްއިރު، ދެން ކުޅެން ޖެހޭނީ ގުއާމްއާއި ޗައިނާއާ ދެކޮޅަށެވެ.

މިރޭގެ ބައްޔާއެކު ރާއްޖެއަށް ހަ މެޗުން ލިބެނީ ހަ ޕޮއިންޓެވެ. މިވަގުތު ހަތަރުވަނައިގައި ރާއްޖެ އޮތްއިރު، ތިންވަނައިގައި އޮތް ފިލިޕީންސަށް ލިބެނީ ފަސް މެޗުން ހަތް ޕޮއިންޓެވެ. ރާއްޖެއަށް ދެން ކޮލިފިކޭޝަންގައި ކުޅެން އޮތީ ޗައިނާއާއި ފިލިޕީންސާ ދެކޮޅަށްކުޅޭ މެޗުތަކެވެ. އެގޮތުން ޖޫން 11 ގައި ރާއްޖެ ނިކުންނާނީ ޗައިނާއާއި ދެކޮޅަށެވެ. އަދި ޖޫން 15 ގައި ރާއްޖެ ނިކުންނާނީ ފިލިޕީންސްއާއި ދެކޮޅަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.