ޚަބަރު ފީތާ

ޔޫރޯ 2020 ޓީމް ޕްރޮފައިލް: ސްލޮވާކިއާ

ޔޫރަޕް ފުޓްބޯޅައިގައި އާދައިގެ ގައުމެއްގެ ގޮތުގައި ބެލެވޭ ސްލޮވާކިއާ އަކީ ޔޫރޯ ފުޓްބޯޅައިގެ މާ ބޮޑުތާރީޚެއް އޮތް ގައުމެއް ނޫނެވެ. ސްލޮވާކިއާ މިހާތަނަށް ވާދަކޮށްފައިވަނީ އެންމެ މުބާރާތެއްގައެވެ. އެީ 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައެވެ. އެ މުބާރާތުގައިވެސް ސްލޮވާކިއާ ވަނީ ގުރޫޕް ސްޓޭޖުން ކަޓާފައެވެ. މިފަހަރުގެ މުބާރާތައް އެ ގައުމު ކޮލިފައިވީ ޕްލޭއޮފް ކުޅެގެންނެވެ. ސްލޮވާކިއާ މިވަގުތު އޮތީ ފީފާ ރޭންކިންގެ 36 ވަނައިގައެވެ.
ކޮލިފައިވީ ގޮތް
ސްލޮވާކިއާ މިފަހަރުގެ ޔޫރޯ މުބާރާތަށް ކޮލިފައިވެފައިވަނީ ކޮލިފައިން ގުރޫޕް އީގެ ތިވަނަ ލިބިގެން ޕްލޭ އޮފް ކުޅެގެންނެވެ. ޕްލޭއޮފްގައި ސްލޮވާކިއާ ބައްދަލުކުރީ ރިޕަބްލިކް އޮފް އަޔަލެންޑްއާއެވެ. މި މެޗުން ސްލޮވާކިއާ ކުރި ހޯދީ މެޗު އެއްވަރުވުމުން ޕެނަލްޓީގައި 2-4 ގެ ނަތީޖާއިން ކުރި ލިބިގެންނެވެ.
ކޯޗު
ސްކޮލާކިއާގެ ކޯޗަކީ ޗެކްރިޕަބްލިކް އަށް ނިސްބަތްވާ ސްޓެފަން ޓާކޮވިޗް އެވެ. އުމުރުން 48 އަހަރުގެ ޓާކޮވިޗް ސްލޮވޭކިއާގެ ގައުމީޓީމުގެ ކޯޗުކަމާއި ހަވާލުވީ 2018 ވަނަ އަހަރުގައެވެ. އޭގެ ކުރިން ސްލޮވާކިއާގެ އެސިސްޓެންޓް ކޯޗެއްގެ މަގާމުވެސް އޭނާ ވަނީ ފުރާފައެވެ. ސްލޮވާކިއާގެ 18 އަރަުން ދަށުގެ ގައުމީޓީމަށް ވެސް އިރުޝާދު ދީފައިވާ ޓާކޮވިޗް އަކީ އޭނާގެ ކެރިއަރުގައި މާ ކާމިޔާބު ކޯޗެއް ނޫނެވެ. މިފަހަރުގެ މުބާރާތަކީ އޭނާގެ ކޯޗުކަމުގެ ދަށުން ސްލޮވާކިއާ ކުޅޭ ފުރަތަމަ ބޮޑު މުބާރާތެވެ.
މުހިންމު ކުޅުންތެރިން
ނިސްބަތުން ސްލޮވާކިއާ އަކީ މާ ހުނަރުވެރި ކުޅުންތެރިން އުފެދޭ ގައުމެއް ނޫނެވެ. އެގޮތުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން އެ ގައުމުގައި މަދެވެ. އެހެން ނަމަވެސް މިފަހަރުގެ ޔޫރޯއަށް އެ ގައުމު ތައްޔާރުވެފައި އޮތް އިރު ޔޫރަޕުގެ ބޮޑެތި ލީގުތަކުގައި ކުޅޭ ރަނގަޅު ފެންވަރުގެ ބައެއް ކުޅުންތެރިން އެބަ ތިއްބެވެ.
މަރެކް ހަމްސިކް: ހަމްސިކް އަކީ ސްލޮވާކިއާގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެޓޭކިން މިޑްފީލްޑަރެވެ. ސްލޮވާކިއާއަށް އެންމެ ގިނަ މެޗު ކުޅެ އެންމެ ގިނަ ލަނޑު ޖެހުމުގެ ޝަރަފުވެސް ލިބިފައިވާ ހަމްސިކް ސްލޮވާކިއާގެ ގައުމީޓީމަށް ކުޅެން ފެށީ 2007 ވަނަ އަހަރުގައެވެ. މިހާތަނަށް ސްލޮވާކިއާގެ ގައުމީޓީމަށް 126 މެޗު ކުޅެދީފައިވާއިރު، 26 ގޯލް ކާމިޔާބު ކޮށްދީފައިވެއެވެ. ސްލޮވާކިއާގެ ގައުމީޓީމުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ހަމްޝިކް މިވަގުތު ކުޅެމުން އަންނަނީ ސްވިޑަންގެ ކުލަބެއް ކަމުގައިވާ އައިއެފްކޭ ގޯޓްބާގް އަށެވެ.
މިލާން ސްކްރައިނިއާ: ސްކްރައިނިއާ މިވަގުތު ކުޅެމުން އަންނަނީ އިޓަލީގެ ލީގު ޗެމްޕިއަން އިންޓަ މިލާން އަށެވެ. ނިމިގެން ދިޔަ ސީޒަނުގައި އިންޓަމީލާނުގައި ރަނގަޅު ކުޅުމެއް އޭނާ ދެއްކިއެވެ. ސްކްރައިނިއާ އަކީ ސްލޮވާކިއާގެ ފަހަތުގެ މައި ތަނބެވެ. އުމުރުން 26 އަހަރުގެ ސްކްރައިނިއާ ސްލޮވާކިއާގެ ގައުމީޓީމަށް ކުޅެން ފެށީ 2016 ވަނަ އަހަރުގައެވެ. މިހާތަނަށް 39 މެޗު ގައުމީޓީމަށް ކުޅެދީ 2 ލަނޑު ޖަހާފައިވެއެވެ. އޭނާ ވަނީ ނިމިގެން ދިޔަސީޒަނުގައި އިންޓަމިލާނަށް ވެސް 32 މެޗު ކުޅެދީ 3 ލަނޑު ޖަހާފައެވެ.
ގުރޫޕުގައި އޮތް ފުރުސަތު
ސްލޮވާކިއާ ހިމެނެނީ ގުރޫޕް އީގައެވެ. މި ގުރޫޕުގައި ސްލޮވާކިއާގެ އިތުރުން ސްޕެއިން، ޕޮލަންޑް، ސްވިޑަން ހިމެނެއެވެ. މި ގުރޫޕަކީ ސްލޮވާކިއާއަށް މާ ފަަސޭހަ ގުރޫޕެއް ކަމަށް ނުބެލެވެއެވެ. ސްޕެއިން ޕޯލަންޑް އަދި ސްވިޑަން އަކީވެސް ފުޓްބޯޅައިގެ ވަރުގަދަ ތިން ބާރެވެ. އެހެން ކަމުން ދެވަނަ ބުރައް ދިއުމަށް ސްލޮވާކިއާ ކުޅުން ވަރުގަދަ ވާން ޖެހެއެވެ.
Like
Like Love Haha Wow Sad Angry
%d bloggers like this: