ޓިވެޓް ސެންޓަރުތައް ޤާއިމް ކުރުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ މަޝްވަރާ ކުރައްވައިފި

ޖޫނިއަރ ކޮލެޖް އަދި ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރުތައް ޤާއިމް ކުރުމާއިބެހޭ ގޮތުން ކައުންސިލްތަކާއި އެދާއިރާތަކަށް ނިސްބަތްވާ މަޖްލިސް މެމްބަރުންނާއިއެކު މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން މަޝްވަރާ ކުރައްވައިފި އެވެ.

ވަރޗުއަލްކޮށް ބޭއްވި މިއަދު ބޭއްވި ބައްދަލުވުމުގައި އަލަށް އިންތިޚާބުވި ކައުންސިލްތަކުގެ މެމްބަރުންނަށް މި ޕްރޮޖެކްޓް ހިނގާ ގޮތުގެ ތަފްސީލާއި މި ޕްރޮޖެކްޓްގެ މަޤްސަދާއި ބެހޭގޮތުން މިނިސްޓަރ ވަނީ ވާހަކަ ދައްކަވާފަ އެވެ.

އިޝްތިހާރު Below Header ad

މި ޕްރޮޖެކްޓަކީ މީހުން ބިނާ ކުރުމުގެ ގޮތުން ރަށްރަށުގެ އަދި އަތޮޅުތަކުގެ މުސްތަޤްބަލަށް ކުރެވޭ ވަރަށް ބޮޑު އުއްމީދީ މަސައްކަތަކަށް ވެގެންދާނެކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ޖޫނިއަރ ކޮލެޖާއި ޓިވެޓް ސެންޓަރުތައް ޤާއިމްވެމެންދާނީ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިންގ އަތޮޅު ތެރޭގައި ފަހި ކުރުމަށް ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުންކުރެވޭ މަސައްކަތެއްގެ ގޮތުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިގޮތުގެ މަތީން ޖޫނިއަރ ކޮލެޖް، ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރުތައް އަދި ޕޮލިޓެކްނިކް ކެމްޕަހެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެޅުމަށް ހަމަޖެހިފައިވަނީ:

  • ޖޫނިއަރ ކޮލެޖް – ހ.އ. ދިއްދޫ ، ނ. ކެނދިކުޅުދޫ
  • ޕޮލިޓެކްނިކް – ކ. ތުލުސްދޫ ހިންގުން ޕްރައިވެޓް ޕާޓީއަކާ ހަވާލު ކުރުން
  • ސްޓޭޓް އޮފް ދި އާރޓް ޓިވެޓް ސެންޓަރ : ފުވައްމުލައް ސިޓީ ، ކުޅުދުއްފުށި ސިޓީ، ރ. އަލިފުށި

މިނިސްޓަރ ބައްދަލު ކުރައްވައިފައިވަނީ މި ރަށްރަށުގެ ކައުންސިލް އަދި ސިޓީ ކައުންސިލްތަކާ އެވެ.

މިކަންކަމަކީ މަތީ ތަޢުލީމާއި ތަމްރީންގެ އާ ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރަމުންދާ މަސއްކަތެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި އިންސިޓިއުޓްތައް ޤާއިމްކުރެވޭނީ ދަނާލަކާއި އެކުގައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މި ޒަމާނުގައި ދަނާލެއް ނެތްނަމަ އެހެން ރަށްރަށުން އަންނަ ކުދިންނަށް އެތަނުގައި ތިބެގެން ތަޢުލީމް ޙާސިލް ކުރުންފަދަ ކަންކަމެއް ނުކުރެވޭނެތީވެ، ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ދިއުމަށް މިކަހަލަ އިންސްޓިޓިއުޓްތައް ހެދިގެން ދާއިރު، ދަނާލެއްގެ ޚިދުމަތް ބޭނުންވާ ކަމަށެވެ. އަދި އިންވެސްޓަރުންނަށް ޢިމާރާތް އަޅަންދޭ ބިމުގައި އިތުރަށް ރެވެނިއު ޖެނެރޭޓް ކުރުމަށް އެހެނިހެން ކަންކަން ކުރެވިދާނެ ކަން ވެސް މިނިސްޓަރ ޑރ. އިބްރާހިމް ޙާސަން ފާހަގަކުރެއްވި އެވެ.

Higher Edu 2 new

މީގެ އިތުރުން މި ބައްދަލުވުމުގައި މި ދާއިރާތަކަށް ނިސްބަތްވާ މަޖްލިސް މެމްބަރުން ވެސް ވާހަކަދައްކަވާ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކަށް ސަޕޯޓް ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ.

ކައުސިލްތަކުގެ މެމްބަރުން ފާހަގަ ކުރެއްވި ގޮތުގައި މިއީ ރަށްރަރަށުގެ ވަރަށް ތާއީދުކުރާ އަދި ރަށުގެ ޢުމްރާނީ އަދި އިޖްތިމާއީ ތަރައްޤީ ކުރިއަރައިގެންދާނެ ފަދަ މުހިންމު ޕްރޮޖެކްޓެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

ހަމަ މިއާއިއެކު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނަށް މި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއިއެކު ފުރިހަމަކުރުމަށް ދެވެން އޮތް ހުރިހާ އެއްބާރުލުމުއް ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް ކައުންސިލްތަކުގެ މެމްބަރުން ދެއްވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.