އިރާން އަސްކަރިއްޔާގެ އެންމެބޮޑު ނޭވީ ޝިޕްގައި އަލިފާން ރޯވެ އަޑިއަށް ހިނގައްޖެ

އިރާން އަސްކަރިއްޔާގެ އެންމެބޮޑު ނޭވީ ޝިޕްގައި އަލިފާން ރޯވެ އަޑިއަށް ހިނގައްޖެ އެވެ.

ގަލްފް އޮފް އޮމާންގެ ކަޑަށް މި މަނަވަރު އަޑިއަށް ގޮސްފައިވާ އިރު، އެ މަނަވަރުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދިހޯދިފައެއް ނުވެއެވެ.

އިޝްތިހާރު Below Header ad

އެގައުމުގެ ރަސްމީ ޓީވީން ބުނެފައިވަނީ ޚާގް ނަމަކަށް ކިޔާ މި މަނަވަރުގައި އަލިފާން ރޯވެފައިވަނީ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އަދި ހަމައެވަގުތުން ފެށިގެން އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި ބޯޓު އަޑިއަށް ގޮސްފައިވަނީ، އިރާންގެ ވެރިރަށް ތެހެރާންގެ އިރު ދެކުނުން، 1,270 ކިލޯމީޓަރު ދުރުން، އިރާންގެ ޖާސްކް ޕޯޓުގެ ކައިރިއަށެވެ. މިއީ އަރަބިއަން ގަލްފަށް ދަތުރުކުރުމަށް އޮންނަ ހޯމުޒް ކަނޑުއޮޅު ކައިރިން ގަލްފު އޮފް މާންގެ ސަރަހައްދެކެވެ.

މި މަނަވަރު ބޭނުން ކުރެވެމުން އަންނަނީ އަސްކަރިއްޔާގެ ތަމްރީން ތަކަށެވެ. އަދި މިއީ އިރާނުގެ އަސްކަރިއްޔާގައި ކަޑުމަތީގައި ބޭނުން ކުރާ އެހެން އުޅަދުތަކަށް އެހީތެރިކަން ފޯރުކޮށްދެވޭވަރުގެ ގާބިލްކަން ލިބިފައިވާ މަދު އުޅަދުތަކުގެ ތެރޭގައި ހިމެނެ އެއް އުޅަނދެވެ.

މިއުޅަނދަކީ، ބަރު މުދާ އުފުލުމާއި އަދި ހެލިކޮޕްޓަށް ޖައްސާ އުދުއްސުމުގައިވެސް ބޭނުންކުރެވޭނޭ ގާބިލްކަން ހުރި އުޅަދެކެވެ.

1977 ވަނަ އަހަރު އިގިރޭސިވިލާތުގައި މި މަނަވަރު ބަނދެފައިވާ މި މަނަވަރު އިރާނުގެ އަސްކަރިއްޔާގައި ޚިދުމަތް ކުރަން ފަށާފައިވަނީ، އިރާނަށް 1979 ވަނަ އަހަރުގެނައި އިސްލާމިކް ރިވޮލިއުޝަންއާއި ގުޅިގެން ކުރެވުނު ދިގުލައިގެން ދިޔަ މަޝްވަރާތަކަށްފަހު، 1984 ވަނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.