ޚަބަރު ފީތާ

ހެލްތު މިނިސްޓަރ ނަސީމް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވާގޮތަށް ނިންމަވައިފި އެވެ.

މިނިސްޓަރ ނަސީމު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވަނީ އެޗްއީއޯސީން ކޮވިޑުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މި ޕްރެސް ފަށާގޮތަށް ތާވަލުކޮށްފައިވަނީ މިރޭ 10 ޖަހާ އިރު އެވެ.

މިނިސްޓަރު ނޫސްވެރިންނާއި ބައްދަލު ކުރައްވާއިރު، ކޮވިޑަށް ފަރުވާދެމުންދަނިކޮށް ކުޅުދުއްފުއްޓަށް ނިސްބަތްވާ ޢުމުރުން 10 އަހަރުގެ މިޝްކާ ނިޔާވެފައިވަނީ އެޗްޕީއޭ އާއި ކަމާއިބެހޭ މުއައްސަަސާތަކުގެ އިހުމާލުން ކަމަށް ބުނެ އަޑު ފަތުރަމުންދާ ވަގުތެއްގަ އެވެ. އަދި މި ހާދިސާއާއި ގުޅިގެން މިނިސްޓަރ ނަސީމުގެ އިސްތިއުފާއަށް ވެސް ގިނަބަޔަކު ގޮވަމުންދާ ދަނޑިވަޅެއްގަ އެެވެ.

މިޝްކާ ނިޔާވެފައި ވަނީ ރޭ 12:10 ހާއިރު އެވެ.

މިޝްކާގެ ހާލު ގޯސްވެގެން އާއިލާއިން ރޭ 9 ޖެހި އިރު އެމްބިއުލާންސަށް ގުޅި ނަމަވެސް، އެ ކުއްޖާ ބަލައި ދެވުނީ ދެ ގަޑިއިރާއި 25 މިނިޓު ފަހުންކަމަށް ޢާއިލާއިން ވަނީ ބުނެފަ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވަނީ ފޯނުން ގުޅުއްްވާފައި އެކަމަށް މަޢާފަށް އެދިވަޑައިގެންފައެވެ. އަދި މައްސަލަ ތަހުގީގު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ކޯވިޑް-19 ޖެހިގެން ގިނަ ބަަޔަކު ނިޔާވަމުން އަންނަ އިރު، ގިނަ އާއިލާތަކަކުން ދަނީ މިފަދަ އިހުމާލުތަކުގެ މައްސަލަ ފެންމަތިކުރަމުންނެވެ.

Like
Like Love Haha Wow Sad Angry
1

މިލިޔުމަށް ޚިޔާލު ފޮނުވާ "ހެލްތު މިނިސްޓަރ ނަސީމް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.