ބައެއް ފަހަރު ހެދޭ ގޯސްތަކުގެ ސަބަބުން ދަތްތައް ހަލާކުވުމަށް މަގުފަހިވޭ

ދަތްތަކަކީ އިންސާނާގެ ރީތިކަން އިތުރުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އެގޮތުން ދަތްތައް ރީތިކޮށް ބެހެއްޓުމަކީ ހަމަކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެކެވެ.

ނަމަވެސް ބައެއް ފަހަރު ހެދޭ ގޯސްތަކުގެ ސަބަބުން ދައްތަކުގެ ރީތިކަމާއި ސާފު ތާހިރުކަން ގެއްލި، ދަތްތައް ހަލާކުވުމަށް  މަގުފަހިވެ އެވެ. ނޭނގި ނަމަވެސް ކުރެވޭ ކުޑަ ކަމަކުން ތިމާގެ ރީތި ދަތްތައް ހަލާކުވެދާނެއެވެ. ދަތްތައް ހަލާކުވާ ކަމަށް ވަނީ ހަމަ އެކަނި ފަނި ކެއުމަކުން ނޫނެވެ. ދިރިއުޅުމުގެ ނުރަނގަޅު އާދަތަކުގެ ސަބަބުން ވެސް ދަތްތަކަށް ލިބޭ ގެއްލުން ބޮޑެވެ.

އިޝްތިހާރު Below Header ad

އަހަރެމެންގެ ތެރެއިން ބައެއް މީހުން ބައެއް ތަކީގެ މަތި ހުޅުވުމަށް ދަތުގެ ބޭނުން ކުރެއެވެ. މިއީ ނުރައްތެރިކަން ބޮޑު ކަމެކެވެ. މިފަދަ ކަންތައްތައް އާދަވެ ކުރާނަމަ، ދަތުގައި ރެނދުލައި ބިންދައިގެން ދިއުމުގެ ފުރުސަތު ބޮޑުވެ އެވެ. ރެނދުލައި ބިންދައިގެން ދިއުމަކީ ދަތް ފަނިކެއުމަށް ހުޅުވޭ ދޮރެކެވެ. އެންމެ ސީރިއަސް ހާލަތް ތަކުގައި ދަތެއް ބިންދައިގެން ގޮއްފިނަމަ މިއީ ތަކުލީފު ބޮޑު ކަމެކެވެ.

މީގެއިތުރުން އައިސްކިއުބް ފަދަ އެއްޗެހި ހަފައިގެން ކެއުމުގެ ސަބަބުން ދަތުގެ ބޭރު ފަށަލަ ހަލާކުކޮށް، ދަތް ބިންދައިގެން ދިއުމަށް މަގުފަހިކޮށްދެ އެވެ. ދަތުގައި ފުޓުނި ފަދަ އެއްޗެއް އަޅާއިފައިވާނަމަ އަމުދުން އައިސްކިއުބް ނުކާށެވެ. ފުޓުނީގެ ޓެމްޕަރޭޗާ އަކީ ވަކި ވަރެއްގައި ހުންނަން ޖެހޭ އެއްޗަކަށް ވުމުން، ދަތް އިތުރަށް ހަލާކުވުމުގެ ފުރުސަތު ބޮޑެވެ.

މީގެ އިތުރުން އޭނާޖީ ޑްރިންކް ފަދަ ބުއިންތައް ބުއިމުގެ ސަބަބުން ދަތްތަކަށް ގެއްލުންވެއެވެ. އެގޮތުން ދަތްތަކުގެ ބޭރުފަށަލަ ވަރަށް ފަސޭހައިން ހަލާކުވެ، މީގެ އިތުރުން ދަތް ފަނިކެއުމާއި، ދަތް ހަލާކުވުމަށް މަގުފަހިވެ އެވެ. އެހެންކަމުން އެނާޖީ ޑްރިންކް އާއި ސޮފްޓް ޑޮރިންކް ބުއިމަށްފަހު، ތިރީސް މިނިޓް ވަންދެން ދަތްނުއުނގުޅާށެވެ. މި ވަގުތުކޮޅު އަނގައިގެ ތެރޭގައި ކުޅު ދައުރުވެ އަމިއްލަ ޒާތުގައި އަނގައިގައި ހުންނަ އެސިޑް ލެވެލް ދަށްވެ އަނގައިގެ ހާލަތު އާދައިގެ ގޮތަށް ބަދަލުވާނެ އެވެ.

ދަތްތައް ރައްކާތެރި ކުރަން ބޭނުން ނަމަ ގޭގައި ވިޔަސް އަދި ޑެންޓަލް ކްލިނިކެއްގައި ވިޔަސް ދަތްތައް ސާފުކުރުމަކީ ރަނގަޅުކަމެކެވެ. އެހެން ނަމަވެސް ދަތް ސާފުކުރުމުގައި ހައްދު ފަހަނަ އަޅާ ނުދާށެވެ. މާގިނައިން ދަތް ސާފުކުރުމަކީ ވެސް މައްސަލައެކެވެ. އެގޮތުން ދަތުގެ ބޭރުގައި ފަށަލަ އާއި ނާރުތަށް ހަލާކު ކުރުމަށް މަގުފަހިކޮށްދެއެވެ.

ބައެއް ޑެންޓިސްޓުން ލަފާދޭ ގޮތުގައި، ދަތް ސާފުކުރުމުގެ ފަހުން ހިރުގަނޑު ހިރުވައި ދަތްތަކުގައި ކޮންމެވެސް ވަރަކަށް ރިއްސަފާނެ އެވެ. މިހެންވާނަމަ ޑެންޓިސްޓެއްގެ ލަފާ ހޯދުން މުހިންމެވެ.

ނޭނގުމުގެ ތެރޭގައިވިޔަސް ހެދޭ މިފަދަ ގޯސްތަކުން ތަހައްމަލް ކުރަންޖެހޭ ވޭނުން ސަލާމަތްވުމަށް މިފަދަ ކަންތައްތަކުން ދުރުހެލިވާށެވެ. ދަތްޕިލަ އަބަދުވެސް ރީތިކޮށް ބެހެއްޓުމަށް ސަމާލުކަންދޭށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.