ނިއުދިއްލީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމައިފި

ކޮވިޑް-19ގެ ސަބަބުން ނިއުދިއްލީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވާ ކަމަށް، ނިއުދިއްލީގެ ސްޓޭޓް ސަރުކާރާ ހަވާލާދީ ރިޕޯޓުތައް ބުނެފި އެވެ.

އެގޮތުން ރިޕޯޓުތައް ބުނެފައިވާ ގޮތުގައި އެ ލުއިތައް ދިނުމަށް ނިންމާފައިވަނީ އަލަށް ފެންނަމުންދާ ކޭސްތައް މި ހަފުތާގައި މަދުވެއްޖެ ނަމަ، މިފެށޭ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ނެވެ.

އިޝްތިހާރު Below Header ad

ނިއުދިއްލީގެ ޗީފް މިނިސްޓަރ އަރްވިންދު ކެޖުރިވާލް އާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ކޮންސްޓްރަކްޝަން މަސައްކަތްތަކާއި ފެކްޓަރީތައްވެސް ހުޅުވާ، މަސައްކަތް ކުރުމަށް ހުއްދަދޭން ވިސްނަމުންދާ ކަމަށެވެ.

މިގޮތަށް ނިންމީ އެ ގައުމުގެ ފަގީރުން އެންމެގިނައިން މަސައްކަތްކުރާ ދާއިރާތަކަކީ އެއީކަމަށްވާތީ ކަމަށް ވެސް ބުނެފައި ވެއެވެ.

ކޮވިޑުގެ ހާލަތު ގޯސްވަމުްނދާތީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ނިއުދިއްލީ ލޮކްޑައުން ކުރި އިރު، ދުވާލެއްގެ މައްޗަށް 25،000 މީހުން އައީ ޕޮޒިޓިވްވަމުން ނެވެ. އެކަމަކު މިހާރުގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި އެ ޢަދަދު ވަނީ 1،100 އަށް ވެއްޓިފަ އެވެ.

delhi police coronavirus
A police officer stands at New Delhi’s border barricade during lockdown by the authorities to limit the spreading of coronavirus disease (COVID-19), in New Delhi, India March 23, 2020. REUTERS/Adnan Abidi – RC2JPF9LWA9R

އެހެން ނަމަވެސް، ރަށްފުށުގެ ބައެއް ހިސާބުތަކުގައި ބަލި ފެތުރުން އަދިވެސް ހުއްޓުމަކަށް ނާދެއެވެ.

އެގައުމުގައި މިބަލީގެ ހާލަތު ގޯސްވެފައިވަނީ ދީނީ އަދި ސިޔާސީ ބޮޑެތި އެއްވުންތައް ބޭއްވުމަށް ސަރުކާރުން ހުއްދަދިނުމާއި، ގިނަ ކަންކަން އާންމު ހާލަތަށް ގެނައުމުގެ ސަބަބުން ކަމަށް ސިއްހީ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ. އަދި އިންޑިއާއިން ފެނިފައިވާ ކޮވިޑް ވޭރިއެންޓުގެ ސަބަބުން ކަމަށް ވެސް އަންނަނީ ބުނަމުން ނެވެ.

މި ބަލީގައި އެތައްހާސް ބަޔަކު މަރުވަމުން އަންނަ އިރު، ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ، ހާލުބޮޑުވެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުން ގިނަވުމުގެ ސަބަބުން އައިސީޔޫ އެނދުތައް ވަނީ ފުރިފަ އެވެ. އަދި ހޮސްޕިޓަލްތައްވެސް ފުރި، އޮކްސިޖަންވެސް ނުލިބިގެން ހޮސްޕިޓަލްތަކުގެ ބޭރުގައާއި، ގޭގޭގައިވެސް އެތައްބަޔަކު ވަނީ މަރުވެފަ އެވެ.

އިންޑިއާގެ ތަފާސް ހިސާބަށް ބަލާ އިރު، މާރޗް މަހުގެ ފަހުން މިހައިތަނަށް 160،000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑުގައި މަރުވެފަ އެވެ. އަދި އެ ގައުމުން “ބްލެގް ފަންގަސް” ފެނިފައިވުމަކީ ވެސް އެގައުމަަށް މިހާރު ކުރިމަތިވެފައިވާ ކަންބޮޑުވުމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.