ޚަބަރު ފީތާ

ސައުދީގެ ސްކޫލު އަދި ޔުނިވަރސިޓީތަކުގައި ޗައިނާބަސް ކަރިކިއުލަމްއެއްގެ ގޮތުގައި ހިމަނަނީ

ސައުދީ އަރަބިއާގެ ސްކޫލު އަދި ޔުނިވަރސިޓީތަކުގައި ޗައިނާބަސް ކަރިކިއުލަމްއެއްގެ ގޮތުގައި ހިމަނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އަލް އަރަބިއާގައި ބުނެފައިވަނީ މިގޮތަށް އެއްބަސްވެ، އެގްރީމެންޓުގައި ސޮއިކޮށްފައިވަނީ ސައުދީގެ ރަސްގެފާނު މުޙައްމަދު ބިން ސަލްމާން ޗައިނާއަށް ކުރެއްވި ޒިޔާރަތުގައި ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން މިހާރަށް ވުރެ ވެސް ހަރުދަނާވެ، ހުރިހައި ލެވެލެއްގައި ވެސް މުއާމަލާތް ކުރުމުގައި ފަސޭހަވެގެންދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ދެ ގައުމުގެ ސަގާފަތް ދިރުވާ، އާލާ ކުރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް ވެސް ސައުދީގެ ރަސްމީ އިދާރާތަކާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވެއެވެ. އަދި އަންނަން އޮތް ޖީލުތަކަށް މިކަމުގެ ސަބަބުން ދެގައުމުގެ އާދަކާދަތައް ފޯރުކޮށްދެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

Like
Like Love Haha Wow Sad Angry