ސީރިއާގެ ރިޔާސީ އިންތިޚާބު ބައްޝާރުލް އަސަދު 4 ވަނަ ފަހަރަށް ކާމިޔާބު ކުރައްވައިފި

ސީރިއާގެ ރިޔާސީ އިންތިޚާބު ބައްޝާރުލް އަސަދު 4 ވަނަ ފަހަރަށް ކާމިޔާބު ކުރައްވައިފި އެވެ.

މި މަހުގެ26 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ސީރިއާގެ ޕާލިމެންޓުގެ ރައީސް ހަމޫދަ ސަބާގް ވިދާޅުވީ އެ އިންތިޚާބުގައި 14 މިލިއަން މީހުން ވޯޓު ލާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

އެއީ އާބާދީގެ 78 ޕަސެންޓު ކަމަށާއި އޭގެތެރެއިން 95.1 ޕަސެންޓު މީހުން ބައްޝާރުލް އަސަދަށް ވޯޓު ދީފައިވާ ކަމަށް ވެސް ބުންޏެވެ.

ސީރިއާގެ އިންތިޚާބުގައި އަސަދާ ދެކޮޅަށް ވާދަ ކުރެއްވީ ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސަލޫމް އަބްދުﷲ އާއި އިދިކޮޅު ޕާޓީއެއް ކަމަށްވާ ނެޝަނަލް ޑިމޮކްރެޓިކް ފްރޮންޓުގެ ރައީސް މަހުމޫދު އަހުމަދު މަރައި އެވެ.

އޭގެ ތެރެއިން އަބްދުﷲއަށް 1.5 ޕަސެންޓު ވޯޓު ލިބުނު އިރު މަރައިއަށް ލިބުނީ 3.3 ޕަސެންޓު ވޯޓެވެ.

އެ އިންތިޚާބުގައި އިތުރު 48 މީހަކު ވާދަ ކުރަން އެދުނު ނަމަވެސް އެމީހުންނަކަށް ހުއްދަ ދީފައެއް ނުވެއެވެ.

ހަތަރު ވަނަ ދައުރަކަށް ބައްޝާރުލް އަސަދު އިންތިޚާބުވުމުން އެ އާއިލާގެ ވެރިކަން އިތުރު ހަތް އަހަރަށް ދެމިގެންދާނެ އެވެ. މީގެ ކުރިން 2000 ވަނަ އަހަރު ބައްޝާރުލް އަސަދު ރައީސް ކަމަށް ވަޑައިގެންނެވުމުގެ ކުރިން އޭނާގެ ބައްޕާފުޅު ހާފިޒުލް އަސަދު ވަނީ އެގައުމުގައި 30 އަހަރު ވަންދެން ވެރިކަން ކުރައްވާފަ އެވެ.

މިއީ އަސަދާ ދެކޮޅަށް ބޭއްވި މުޒާހަރާތަކުން 2011 ވަނަ އަހަރު ފެށުނު ދާޚިލީ ހަނގުރާމައިގެ ތެރޭގައި ބޭއްވި ދެވަނަ ރިޔާސީ އިންތިޚާބެވެ. އެގޮތުން 2014 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި 88.7 ޕަސެންޓު ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ.

ސީރިއާގެ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް ފަސް ލައްކައަށް ވުރެ ގިނަ މީހުން މަރުވެ، 11 މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.