ޚަބަރު ފީތާ

އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، ސަބްގްރޭޑް މަސައްކަތްތަކުގެ ބޮޑުބައި ނިމިއްޖެ

ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، ސަބްގްރޭޑް މަސައްކަތްތަކުގެ 86 އިންސައްތަ މަސައްކަތް ނިނިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އަޅާނެ ކަަމަށެވެ. އަދި 16،488 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

19.3 މިލިއަން ރުފިޔާއަށް މި މަޝްރޫޢު،ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީ އާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ މެއި 22 ވަނަ ދުވަހު އެވެ.

Like
Like Love Haha Wow Sad Angry