ޚަބަރު ފީތާ

ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވުމަށް ފަހު، އިޒްރޭލުން އަގްސާ މިސްކިތުގައި ބާރުގެ ބޭނުން ކޮށްފި

ހަމަލާތައް މެދުކަނޑާލުމަށް ފަހު އިޒްރޭލުން އަގްސާ މިސްކިތުގައި ބާރުގެ ބޭނުން ކޮށްފި އެވެ.

ރިޕޯޓުތައް ބުނާގޮތުން އިޒްރާއީލުން އަގްސާ މިސްކިތަށް ވަދެ، ބާރުގެ ބޭނުންކޮށްފައިވަނީ މިއަދުގެ ހުކުރު ނަމާދަށް ފަހު އެވެ. އަދި ކަރުނަގޭހާއި ސްޓަންގްރެނޭޑް އަދި ދުން ބޮން ވެސް ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވަނީ އިޒްރާއީލު މީހުން އަގްސާ މނިސްކިތަށް ވަދެގަތީ ހުކުރު ނަމާދަށް ފަހު ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު މިސްކިތުގެ ގޯތި ތެރޭގައި މަޑުކޮށްގެން ތިއްބާ ކަމަށެވެ.

Like
Like Love Haha Wow Sad Angry