އިސްލާމިކް ޔުނިވަރސިޓީ އާއި ބުރާނާއީ ދާރުއްސަލާމުގެ ޔުނިވަރސިޓީ އަކާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި ބުރުނާއީދާރުއްސަލާމްގެ ޔުނިވަރސިޓީ އިސްލާމް ސުލްޠާން ޝަރީފް ޢަލީ އާދެމެދު ތާރީޚީ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ފަހުމުނާމާގައި ސޮއިކުރުމަށް ބުރޫނާއީ ދާރުއްސަލާމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ބުރޫނާއީ ދާރުއްސަލާމުގެ އެޑިއުކޭޝަން މިނިސްޓަރ ހިޒް އެކްސެލެންސީ ޕެހިން ދަތޯ ސުޔޯއި ހާޖީ އޮސްމާން އެވެ.

އިޝްތިހާރު Below Header ad

މި ފަހުމުނާމާގައި އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއި ކުރެއްވީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ބުރުނާއީދާރުއްސަލާމްގެ ޔުނިވަރސިޓީ އިސްލާމް ސުލްޠާން ޝަރީފް ޢަލީގެ ފަރާތުން ސޮއި ކުރެއްވީ ޔުނިވަރސިޓީ އިސްލާމް ސުލްޠާން ޝަރީފް ޢަލީގެ ރެކްޓަރ، ހިސް އެކްސެލެންސީ ޑރ. ހާޖީ ނޫރް ޢަރްފާން ބިން ހާޖީ ޒައިނަލް އެވެ.

މި ތާރީޚީ ފަހުމުނާމާގެ ސަބަބުން ޕޯސްޓް ގްރެޖުއޭޓް ޙާޞިލު ކުރުމަށާއި ކޯހާއިގުޅޭ މަސައްކަތުގެ ހޯދުމަށް ދެ ޔުނިވަރސިޓީ ދެމެދުގައި ދަރުވަރުން ބަދަލުކުރެވޭނެއެވެ. އަދި އަންޑަރގްރެޖުއޭޓް ދަރިވަރުން ސްޓަޑީ އެބްރޯޑް ޕްރޮގްރާމްގެ ދަށުން ތަޢުލީމު ޙާޞިލްކުރުމަށާއި ކޯހާ ގުޅޭ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ދެ ޔުނިވަރސިޓީގެ ދެމެދުގައި ދަރިވަރުން ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދެ ޔުނިވަރސިޓީ ގުޅިގެން ވޯރކްޝޮޕްތަކާއި ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމާއި ރިސާރޗް އާއި ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓްތައް ހިންގުމާއި ބޭނުންތެރި ދާއިރާތަކުން ޢިލްމީ ޕްރޮގްރާމްތައް ހިންގުމާއި ކުރުމުއްދަތަކަށް ނުވަތަ ޕޯސްޓު ގްރެޖުއޭޓް ތަމްރީނަށް އެކަޑަމިކް މުއައްޒަފުން ބަދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ފަހުމުނާމާގެދަށުން އިތުރަށް ކުރަން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި އިދާރީ މުވައްޒަފުން ތަމްރީނާއި ތަޖުރިބާ ލިބިގަތުމަށްޓަކައި ބަދަލުކުރުމާއި ދެ ޔުނިވަރސިޓީގެ ޕަބްލިކޭޝަންތައް ދެ ޔުނިވަރސިޓީގެ ދެމެދުގައި ބަދަލުކުރުމާއި ޚާއްޞަ ގޮތެއްގައި ރިސާރޗު ހޯދުންތަކާއި ރިސާރޗު ކުރުމަށް ބޭނުންވާ ވަޞީލަތްތައް ބަދަލުކުރުންވެސް ހިމެނެއެވެ.

މި ފަހުމުނާމާގެ ސަބަބުން ދެ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ ތަޢުލީމަށާއި ޔުނިވަރސިޓީގެ ތަރައްޤީއަށް ވަރަށް ގިނަ ކުރިއެރުންތަކާއި އެހީތެރިކަން ލިބިގެންދާނެއެވެ. މި ފަހުމުނާމާގައި ސޮއިކުރައްވާފައިވަނީ ބުރުނާއީދާރުއްސަލާމްގެ ޔުނިވަރސިޓީ އިސްލާމް ސުލްޠާން ޝަރީފް ޢަލީގެ ކޮންވޮކޭޝަންގައި ޚާއްޞަ މެހުމާނެއްގެ ގޮތުން ބައިވެރިވެޑައިގެންނެވުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބުރުނާއީދާރުއްސަލާމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

މި ޙަފްލާގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓިގެ ޗާންސެލަރ، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ދުނިޔޭގެ އެކިއެކި ޔުނިވަރސިޓީތަކުގެ ޗާންސެލަރުންނާއި ވައިސްޗާންސެލަރުންނާއި ތަޢުލީމީ މުފައްކިރުންނާއި ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.