ދިއްލީގައިކުރި މުޒާހިރާގައި ނޫސްވެރިން ހައްޔަރުކުރި މައްސަލަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ކުށްވެރިކޮށްފި

ދިއްލީގައި ކުރިއަށްދިޔަ މުޒާހަރާތަކުގެ ތެރެއިން ނޫސްވެރިން ހައްޔަރުކުރި މައްސަލަ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ކުށްވެރިކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ނެގެހެއްޓުމަށް ފުލުހުންނަށް ގޮވާލައިފި އެވެ.

މި ނޫސްވެރިން ހައްޔަރުކޮށްފައިވަނީ ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔާނޭޝް ކުމާރުގެ އިސްތިއުފާއަށް ގޮވާލައި، ސީ.ޖޭ.ޕީ އިން އިންތިޒާމުކޮށްގެން އޮކްޓޫބަރު 10 ވަނަ ދުވަހު ބޭއްވި މުޒާހަރާގެ ތެރެއިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް އިން އާދީއްތަ ދުވަހު ދިއްލީ ފުލުހުންނަށް ގޮވާލާފައިވަނީ، ވެރިރަށުގައި ކުރިއަށްދާ މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް އަމާޒުކޮށް ހުރަސްނޭޅުމަށެވެ. އަދި ނޫސްވެރިންގެ މަސައްކަތަށް ހުރަސްނާޅާނެ ކަމަށް ސަރުކާރުން ސުޕްރީމް ކޯޓުގައި ވެފައިވާ އިގުރާރަށް އިހުތިރާމު ކުރުމަށްވެސް އެ ޖަމްޢިއްޔާއިން ގޮވާލި އެވެ.

އެމެރިކާއަށް ނިސްބަތްވާ މިނިވަން ޖަމްޢިއްޔާއެއް ކަމަށްވާ ސީ.ޕީ.ޖޭ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިންނަށް ކުރިމަތިވާ ހަމަލާތައް ދިރާސާކޮށް، ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާއެކެވެ. މީގެ އިތުރުން ރިޕޯޓާސް ވިތައުޓް ބޯޑާސް އާއި އދ. ގެ ހިއުމަން ރައިޓްސް އޮފީހުން ވެސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސީ.ޕީ.ޖޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ”ދަ އިންޑިއަން އެކްސްޕްރެސް“ އާއި ”ހިންދުސްތާން ޓައިމްސް“ ފަދަ ބޮޑެތި މީޑިއާ އިދާރާތަކަށް ނިސްބަތްވާ ނޫސްވެރިން ހިމެނޭހެން މަދުވެގެން ހަ ނޫސްވެރިއަކު ދިއްލީ ފުލުހުންގެ ބެލުމުގެ ދަށަށް ވަގުތީ ގޮތުން ގެންގޮސްފައިވާ ކަމަށެވެ.

އަދި ނޫސްވެރިންގެ މަސައްކަތަށް ހުރަސްނާޅާނެ ކަމަށް ސަރުކާރުން ސުޕްރީމް ކޯޓަށް ދީފައިވާ ޔަގީންކަމާ އެއްގޮތަށް އަމަލުކުރުމަށާއި، މުޒާހަރާތައް ރިޕޯޓުކުރާ ނޫސްވެރިންނަށް ދަތިކުރުން ހުއްޓާލުމަށް ދިއްލީ ފުލުހުންނަށް އެ ޖަމްޢިއްޔާއިން އިލްތިމާސްކުރި އެވެ.

އެ ޖަމިއްޔާތަކުން ފާހަގަކުރި ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ހައިސިއްޔަތުން، ނޫސްވެރިކަމުގެ މިނިވަންކަން ނެގެހެއްޓުމާއި، އެއްވެސް ހުރަހެއް ނެތި މައުލޫމާތު ފެތުރުމަށް ނޫސްވެރިންނަށް ލިބިދޭ ޤާނޫނީ ޙައްޤުތައް ހިމާޔަތްކުރުމުގެ ބޮޑު މަސްއޫލިއްޔަތެއް އިންޑިއާގެ މައްޗަށް އެބައޮތެވެ.

މި ހައްޔަރުކުރުންތައް ހިނގާފައިވަނީ، ވޯޓާ ލިސްޓްތައް އިސްލާހުކުރުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ކޮކްރޯޗް ޖަނަތާ ޕާޓީ އިން އިންތިޒާމުކޮށްގެން، އޮކްޓޫބަރު 10 ވަނަ ދުވަހު ބޭއްވި މުޒާހަރާގަ އެވެ.

މި މުޒާހަރާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ދިއްލީގައި މީގެ ކުރިން ނުފެންނަ ފަދަ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ.

އެގޮތުން 45 މެޓްރޯ ސްޓޭޝަނެއްގެ ދޮރުތައް ބަންދުކޮށް، މެދުތެރޭ ދިއްލީން މޮބައިލް އިންޓަނެޓްގެ ހިދުމަތް ކަނޑާލައި، ސިޓީއަށް ވަންނަ ރޭލު ދަތުރުތައް ވަނީ މެދުކަނޑާލާފަ އެވެ.

މީގެ އިތުރުން 40,000 އަށްވުރެ ގިނަ ފުލުހުންނާއި ސަލާމަތީ ބާރުތަކުގެ މެންބަރުން ހަރަކާތްތެރިވެ، މަގުތައް ބަންދުކޮށް ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.