
އެމްޓީސީސީގެ މިއަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ ބާއްވައިފި
އެމްޓީސީސީގެ މިއަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާ ބާއްވައިފި އެވެ.
އެމްޓީސީސީން ބުނީ މި ޖަލްސާ ބާއްވާފައިވަނީ ”ފަހި ވޯޓު“ މެދުވެރިކޮށް ކަމަށެވެ. އަދި 19 ހިއްސާދާރުން ބައިވެރިވި ކަމަށެވެ.
”ޕްރޮކްސީ މެދުވެރިކޮށް 155 ހިއްސާދާރުން ތަމްސީލު ކުރެވުނު. މި ޖަލްސާގައި މުޅިއެކު ތަމްސީލުވީ 174 ހިއްސާދާރުން. އެއީ 5،590،778 ހިއްސާ“ އެމްޓީސީސީން ބުންޏެވެ.
މި ޖަލްސާގައި މިދިޔަ 2020 ވަނަ އަހަރުގެ ޚާއްސަ ގޮތުން ކުރާ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކޮށް، ކުންފުނީގެ ހިންގާ ގަވާއިދަށް ގެނެްފައިވާ އިސްލާހު ފާސްކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.