މާލޭ ސިޓީ ކައުންސިލަރުން ހުވާކުރުން އަންނަ ހޯމަ ދުވަހު ސަލްޓަން ޕާކުގައި ބާއްވަނީ

މާލޭ ސިޓީ ކައުންސިލަރުން ހުވާކުރުން އަންނަ ހޯމަ ދުވަހު ސަލްޓަން ޕާކުގައި ބާއްވަން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބު ވެފައިވާ މޭޔަރާއި ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތާއި މާލެ ސިޓީގެ އަންހެނުންނަށް ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 4 ވަނަ ދައުރަށް އިންތިޚާބުވެފައިވާ މެންބަރުން އިގްރާރުގައި ސޮއި ކުރުމާއި ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ ސަލްޓަން ޕާކުގައި ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

ދިވެހި ސަރުކާރުގެ ގެޒެޓުގައިވާ ގޮތުން އެ ރަސްމިއްޔާތު އޮންނާނީ ހޯމަ ދުވަހުގެ ހެނދުނު 9:00 ގައެވެ.

މި ދުވަސްވަރަކީ ވަރަށް ހަލުވިކަމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އަދި ޚާއްސަކޮށް މާލެ ސިޓީގައި ކޮވިޑް ފެތުރެމުން ދާ ދުވަސްވަރެއް ކަމަށާއި އެެހންކަމުން މި ރަސްމިއްޔާތަށް ޢާންމުންނަށް ހުޅުވާލާފައި ނުވާ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެހެންނަމަވެސް މި ރަސްމިއްޔާތު ޓީވީއެމުންނާއި މާލެ ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖުން ވަގުތުން ދައްކާނެ ކަމަށް ބުނެފައި ވެއެވެ.

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިޚާބުކޮށް، މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ހޮވިވަޑައިގެންފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. އޭނާގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީވެސް ލިބިފައިވަނީ އިދިކޮޅަށު ކޯލިޝަނަށް ކަމަށްވާތީ، ޑެޕިއުޓީ މޭޔަރަކަށްވެސް އިންތިޚާބުކުރެވޭނީ ޕީޕީއެމްގެ މެމްބަރެއްކަމަށް ވަނީ ބެލެވިފަ އެވެ.

އަލަށް އިންތިޚާބުކުރެވި، ހުވާކުރާ ކައުންސިލްގެ ގޮނޑިތައް ބެހިފައިވާގޮތަށް ބަލާއިރު، މާލެ ސިޓީން ޕީޕީއެމްއަށް 11 ގޮނޑި ލިބިފައިވާ އިރު، އެމްޑީޕީއަށް ލިބިފައިވަނީ މާލެ ސިޓީގެ ހަ ގޮނޑި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.