މައްކާގައި ބާއްވާ ޤުރްއާން މުބާރާތުގައި ބައިވެރިވާ 2 ދަރިވަރުންނާ އިސްލާމިކް މިނިސްޓަރ ބައްދަލު ކުރައްވައިފި

މައްކާގައި ބާއްވާ 38 ވަނަ ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވާ 2 ދަރިވަރުންނާ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދު ބާޤިރު މައްކާގައި ބައްދަލުކުރައްވައިފިއެވެ.

38 ވަނަ ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވާ ދެ ދަރިވަރުންނަކީ ސިބްޣަތުﷲ އަޙްމަދާއި ނާދިޙް ޢަބްދުލްޙަމީދެވެ.

އިޝްތިހާރު Below Header ad

ވަޤުފްގެ ދާއިރާގައި ހުރި ފުރުޞަތުތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސަޢުދީ ސަރުކާރުން އިންތިޒާމް ކޮށްގެން މައްކާގައި މިމަހުގެ 18 އިން 20 އަށް ބޭއްވި އެންޑޯވްމަންޓްސް އިސްލާމިކް ކޮންފަރެންސްގައި ބައިވެރިވުމަށް މިނިސްޓަރ ޑރ. ޒިޔާދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި ދެދަރިވަރުންނާއި ބައްދަލުކުރައްވާ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށާއި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ވަނީ ހިތްވަރު ދެއްވާފައެވެ.

މުބާރާތުގެ ކުރިން ބާއްވާ އިޚްތިބާރުން މި ދެދަރިވަރުންވެސް ފާސްވެފައިވާ އިރު، މިމުބާރާތުގައި ބައިވެރިވާ އެންމެ ހަގު ބައިވެރިއަކީ ސިބްޣަތުﷲ އެވެ. އަދި މިއީ ލޯފަން ދަރިވަރެކެވެ.

މިމުބާރާތަކީ ހިތުން ކިޔަވާ މުބާރާތެކެވެ. ސިބްޣަތުﷲ ބައިވެރިވަނީ ހިތުދަސް 15 ފޮތުންނެވެ. އަދި ނާދިޙް ބައިވެރިވަނީ މުޅި ޤުރްއާން ހިތުދަސް މުޤައްރަރުގެ ބައިގައެވެ.

މިނިސްޓަރ ޑރ. ޒިޔާދުގެ މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.