މިސް ޔުނިވަރސް 2020 ގެ ފިނާލޭ އަންނަ ހޯމަ ދުވަހު

މިސް ޔުނިވަރސް 2020 ގެ ފިނާލޭ އަންނަ ހޯމަ ދުވަހު ބާއްވާ އިރު، މި އިވެންޓު ވަގުތުން ބަލައިލެވޭ މަގު މީޑިއާ ނެޓުން ފަހިކޮށްދީފި އެވެ.

މީޑިއާ ނެޓުން ބުނީ މި މެއި މަހުގެ 17 ވާ ހޯމަ ދުވަހު އޮންނަ މިސް ޔުނިވަރސް 2020ގެ ފިނާލޭ މީޑިއާނެޓް މެދުވެރިކޮށް ވަގުތުން ބަލާލެވޭނެ ކަމަށެވެ.

އިޝްތިހާރު Below Header ad

69 ވަނަ މިސް ޔުނިވަރސް ހަފްލާ އޮންނާނީ އެމެރިކާގެ ފްލޮރިޑާގައި ހުންނަ ހާޑް ރޮކް ހޮޓެލް އެންޑް ކަސީނޯގަ އެވެ. އަދި އެ ހަފްލާ ދައްކާނީ ފަތިހު 5:00 ގައި ފޮކްސްލައިފް އެޗްޑީ (ޗެނަލް810) އިންނެވެ.

މީޑިއާ ނެޓުން ބުނީ އެ ހަފުލާގެ ފަށްކުރުން (ރިޕީޓް) އެދުވަހުގެ ހަވީރު 5:00 ގައި ދައްކާނެ ކަމަށެވެ.

މީގެ އިތުރުން މީޑިއާނެޓުގެ މަލްޓިސްކްރީން މެދުވެރިކޮށް ވެސް ބޭނުން ދުވަހެއްގައި އެ ހަފްލާ ބަލައިލެވޭނެ ކަމަށް މީޑިއާ ނެޓުން ބުންޏެވެ.

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ރީތީގެ މުބާރާތް ކަމަށްވާ، މިސް ޔުނިވަރސްގެ މި މުބާރާތުގައި ދުނިޔޭގެ 74 ގައުމަކުން އަންހެނުން ވާދަކުރެ އެވެ.

މިސް ޔުނިވަރސްގެ މިދިޔަ އަަހަރު ތާޖު ކާމިޔާބު ކުރީ ދެކުނު އެފްރިކާގެ ޒޮޒީބިނީ ޓަންޒީ އެވެ. ހޯމަ ދުވަހު އޮންނަ ހަފްލާގައި މިސް ޔުނިވަރސް 2020 ގެ ބޮލުގައި ތާޖު އަޅަުވައިދޭނީ ޒޮޒިބިނީ އެވެ.

Miss Universe 1

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.