އިސްރާއީލުން ގެދޮރު ސުންނާފަތިކޮށްލުމާ ގުޅިގެން، އުރުދުން ވާދީގެ ރައްޔިތުން އެ ބިމުގައި ދެމިތިބުމަށް އަޒުމް ކަނޑައަޅައިފި

އުރުދުން ވާދީގައި ފަލަސްތީނު މީހުން ދިރިއުޅޭ އެންމެ ފަހު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ޚިރްބަތު ސަމްރާ މިދިޔަ އާދީއްތަ ދުވަހު އިސްރާއީލުން ވަނީ އެއްކޮށް ސުންނާފަތިކޮށްލާފަ އެވެ.

އިސްތިއުމާރީ ހުޅަނގު އައްސޭރީގެ އުތުރު އުރުދުން ވާދީގައި އޮންނަ ޚިރްބަތު ސަމްރާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން އެ ސަރަހައްދުން ބޭރުކޮށްލުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތުގެ ދަށުން މިދިޔަ އާދީއްތަ ދުވަހު އެ އަވަށުގެ ހުރިހާ ބިނާތަކެއް ވަނީ ތަޅާލާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ހަރަކާތުގައި އެއްވެސް އެއްޗެއް އިސްތިސްނާ ނުކުރާ ކަމަށާއި އޭގެ ތެރޭގައި ޖަނަވާރުންނަށް ކާންދޭ ތަކެތިވެސް ހިމެނޭ ކަމަށް އެ ސަރަހައްދުގެ ރައްޔިތުން ”މިޑްލް އީސްޓް އައި“ އަށް މައުލޫމާތު ދީފައިވެ އެވެ.

އިސްރާއީލް ސިފައިން ވަނީ ތަޅާލި އިމާރާތްތަކުގެ ކުނިބުނިތައް ފަސްއަޅާ ވަޅުލާފަ އެވެ.

އެއީ އެތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް ރައްޔިތުންނަށް އަލުން ބޭނުން ނުކުރެވޭނެ ގޮތް ހެދުމަށެވެ.

މިހާރު ޚިރްބަތު ސަމްރާގެ ރައްޔިތުން ދިރިއުޅެމުންދަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ފޯރުކޮށްދީފައިވާ ފޭލިގެތަކުގަ އެވެ.

ނަމަވެސް ކުރިމަތިވެފައިވާ މި ހުރިހާ ދަތިތަކާއެކުވެސް އެ ބިމުން ފޭބުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އެމީހުންބުނެ އެވެ.

އެ ސަރަހައްދުގެ ރައްޔިތެއް ކަމަށްވާ ދިއާބް ދަރާޣުމާ ބުނި ގޮތުގައި މީހުން ދިރިއުޅޭ ގެތަކާއި ކަންބަޅި ކޮށިތަކާއި ޖަނަވާރުންނަށް ހާއްސަ ހިޔާވަހިކަމާއި ކާނާ ރައްކާކުރާ ތަންތަން ހިމެނޭހެން 15 އަށްވުރެ ގިނަ ބިނާ ވަނީ ތަޅާލާފަ އެވެ.

އޭނާ ބުނި ގޮތުގައި އެއްވެސް އިންޒާރަކާ ނުލައި ކުއްލި ގޮތަކަށް ބުލްޑޯޒަރުތަކާއެކު އިސްރާއީލް ސިފައިން އައިސް ވަނީ އެތަންތަން ތަޅާލަންފަށާފަ އެވެ.

ގެތަކުން ތަކެތި ނެރުމަށް އެމީހުންނަށް ދިނީ އެންމެ 10 މިނެޓެވެ. އެހާ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ސަލާމަތް ކުރެވުނީ ވަރަށް މަދު އެއްޗެކެވެ.

ފަރުނީޗަރާއި ބަދިގޭގެ ސާމާނާއި ގޭސް ސިލިންޑަރާއި އައިސްއަލަމާރީގެ އިތުރުން ފާޚާނާތަކާއި ފެން ޓޭންކުތަކާއި ސޯލާ ޕެނަލްތައް ފަދަ ހުރިހާ އެއްޗެއް ވަނީ ސުންނާފަތިކޮށްލާފަ އެވެ.

އެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވަނީ ވަރަށް ނިކަމެތި ހާލަތެކެވެ. ފިނި މޫސުން ބޯމަތިވެފައިވާއިރު އެކަށީގެންވާ ހިޔާވަހިކަމެއް ނެތުމުގެ ސަބަބުން ގިނަ އާއިލާތަކަށް ނިދަން ޖެހިފައިވަނީ ހާމަފެންޑާގަ އެވެ. އަދި އެމީހުންގެ އަތުގައި ހުރި މަދު ސާމާނާއި ކާބޯތަކެތި ވަނީ އަވީގައާއި ވާރޭގައި ހަލާކުވާން ދޫކޮށްލަންޖެހިފަ އެވެ.

”ވޭތުވެދިޔަ ތިން ދުވަހު އަހަރެމެން މި އުޅެނީ އެއްވެސް ހިޔާވަހިކަމެއް ނެތި. ރޭގަނޑުގެ ފިންޏާއި ދުވާލުގެ ގަދަ ހޫނުގައި ވަރަށް ބޮޑު ތަކުލީފެއް އުފުލަންޖެހޭ. އަދި އަލަށް ވިހާފައިވާ ކަންބަޅި ކުދިންނަށް މިފަދަ ހާލަތެއްގައި ދިރިނުއޮވެވޭނެތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވޭ،“ ދަރާޣުމާ ބުންޏެވެ.

މި އާއިލާތަކަށް ބޭނުންވަނީ ހަމައެކަނި ކާބޯތަކެއްޗާއި އިންސާނީ އެހީއެއް ނޫނެވެ. އެމީހުން އެންމެ ބޮޑަށް އެދެނީ އެމީހުންގެ އަމިއްލަ ބިމުގައި ދެމިތިބުމުގެ ހައްގަށެވެ. އަދި އިސްރާއީލުގެ ބުލްޑޯޒަރުތަކުން ސުންނާފަތިކޮށްލި ތަންތަން އަލުން ބިނާކޮށް ފިނިމޫސުމުގެ ގަދަ ފިންޏާއި ވާރޭން އެމީހުންނާއި ޖަނަވާރުތައް ސަލާމަތްކުރުމަށްޓަކައި ރައްކާތެރިކަން ހޯދުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.