މާދަމާއިން ފެށިގެން ބީއެމްއެލް އިން ޚިދުމަތްދޭ ގަޑިތަކާއި ދުވަސްތައް ހާމަކޮށްފި

މާދަމާއިން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޚިދުމަތްދޭ ގަޑިތަކާއި ދުވަސްތައް ހާމަކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މާދަމާ އިން ފެށިގެން އެ ބޭންކުން ޚިދުމަތްދޭނީ ހޯމަ، އަންގާރަ އަދި ބްރާސްފަތި ދުވަހު ކަމަށެވެ. އަދި ޚިދުމަތް ދޭނީ ހެނދުނު 09:30 ން މެންދުރު 12:00 އަށް ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

އެ ބޭންކުން ބުނީ އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތާއި (ޓީޓީ) ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމަށް ހެނދުނު 11:00ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރެވޭ ޗެކްތައް ހަފްތާ ބަންދާއި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ޕްރޮސެސް ކުރެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެެވެ.

މާލޭގައި ބޭންކިންގ ޚިދުމަތް ހޯއްދެވުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެގޭނެ ކަމަށާއި ޚިދުމަތް ހޯދުމަށް ބޭންކަށް ދިއުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިބި ކަސްޓަމަރުންގެ އަދަދު ޗެކްކޮށްލުމަށް ބީއެމްއެލް އިން ވަނީ އެދިފަ އެވެ. އަދި ބީއެމްއެލް އިން ބުނީ އެކައުންޓް އޯޕެނިން ސެންޓަރު، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރތަކުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށް ކަމަށެވެ.

މީގެ އިތުރުން ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.