އަގުހުރި އިނާމަކާއެކު ދިރާގުން ސޯޝަލް މީޑިއާ ކޮންޓެސްޓެއް ފަށައިފި

އަގުހުރި އިނާމަކާއެކު ދިރާގުން ސޯޝަލް މީޑިއާ ކޮންޓެސްޓެއް ފަށައިފި އެވެ.

ދިރާގުން ބުނީ މި ޚާއްސަ ކޮންޓެސްގައި ބައިވެރި ވުމަށް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓްވިޓަރ ގައި  #EidMomentsMv މި ހޭޝްޓެގް ބޭނުން ކޮށްގެން ޢީދުގެ މަންޒަރުތަކުގެ ފޮޓޯ ނުވަތަ ވީޑިއޯޝެއަރ ކޮށްލުމަށް އެދޭ ކަމަށެވެ.

އިޝްތިހާރު Below Header ad

މި ކޮންޓެސްގައި ބައިވެރިވާ ފަރާތްތަކުގެތެރެއިން ނަސީބުވެރި 5 ފަރާތެއް ހޮވާ އިރު، ފުރަތަމަ ނަސީބުވެރި ފަރާތައް ސެމްސަންގް ގެލެކްސީ އެސް 21+ ފޯނެއް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ. އަދި ދެން ހޮވޭ 4 ފަރާތައް މުސްހަފަކާއެކު ތަސްބީހައަކާއި ރީތި މުސައްލަ އެއް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.

ދިރާގުން ބުނީ މި ކޮންޓެސްގައި ބައިވެރި ވެވޭނީ 13 މޭ 2021 އިން 16 މޭ 2021 ގެ 23:59 ގެ ނިޔަލަށް ކަމަށެވެ.

މިއަހަރުގެ ޢީދުވެސް ގޭގައި ތިބެގެން ރައްކާތެރިކަމާއެކު ފާހަގަކުރަން ޖެހުނު ކަމުގައި ވިޔަސް، ޢީދުގެ އުފަލާ މަޖަލުގައި އެންމެހާ ދިވެހިންވެސް ޝާމިލު ވާނެ ކަމަށް އުންމީދު ކުރާ ކަމަށް ދިރާގުން ބުނެއެވެެ.

އެ ކުންފުނިން ބުނީ ކޮވިޑް19 ގެ ހާލަތު ދުވަހުން ދުވަހަށް ބަދަލުވަމުން ދާ މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންނާއި މުޖުތަމައަށް ޑިޖިޓަލް ޚިދުމަތްތަކުން އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

މި ދަތި ދުވަސްތަކުން ވީހާވެސް އަވަހާ އަރައިގަނެ، ރައްކާތެރި، އުފާވެރި ދުވަސްތަކެއް ދިވެހިންނަށް މިންވަރު ކުރުމަށް އެދޭ ކަމަށާއި އެންމެހާ ދިވެހިންނަށް އުފާވެރި ފިޠުރު ޢީދު ދުވަހަކަށް އެދޭ ކަމަށް ވެސް ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނިން ބުނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.