އުރީދޫގެ ޢީދު ޝޯވ މިއަހަރުވެސް ބާއްވާނީ ޑިޖިޓަލްކޮށް

އުރީދޫ މޯލްޑިވްސް އިން ބާއްވަމުން އަންނަ ފިތުރު ޢީދު ޝޯވ މިއަހަރުވެސް އޮންނާނީ ޑިޖިޓަލްކޮށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ކޮވިޑް 19 އިން ރައްކާވެތިބުމަށާއި ބަލި ފެތުރުން ހުއްޓުވުމަށްކުރެވެމުންދާ މަސައްކަތްކަތާއެކު ޢީދު ފަދަ ޚާއްސަ ދުވަސްތަކުގައި ޒަމާންވީ އާދަކާދަތަކަށްވެސް މިވަނީ ބަދަލުތަކެއް އައިސްފައި ކަމަށެވެ. އަދި އާއިލާ އާއި ރަށްޓެހިން އަދި އަވައްޓެރިންނަށް ޒިޔާރާތްކޮށް ހެދުމަށް އުޒުރުވެރިވެ، ގޭގައި މަޑުކުރަންޖެހިފައިވާ ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

މި ދަނޑިވަޅުގައި، ދިމާވެފައިވާ ގޮންޖެހުންތަކާއެކު ގޭގައި ތިބެގެން އުފާވެރި، ކުލަގަދަ ޢީދެއް ފާހަގަ ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން މިއަހަރުވެސް ޑިޖިޓަލް މިއުޒިކް ޝޯވ، އުރީދޫ ޢީދު ޝޯވ 2021 ބާއްވަން ވަނީ ހަމަޖެހިފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ ޢީދު ޝޯ ގައި ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފަންނުވެރިންތަކެށް ފެނިގެންދާނެއެވެ. އޭގެ ތެރެއިން ޒަކިއްޓެ، ޝަންމޫނު، ހަބޭސް ފިއުޝަން އަދި ޑަންޑޫރަ ހިމެނެއެވެ.

އުރީދޫ ޢީދު ޝޯ ބޭއްވުމަށް ހަމަ ޖެހިފައިވަނީ 24 މޭ، ރޭގަނޑު 9 އެއް ޖަހާއިރު އުރީދޫ މޯލްޑިވްސްގެ ޔޫޓިއުބް ޗެނަލްގައެވެ. އުރީދޫ މޯލްޑިވްސްއިން އިން، ގޭގައިތިއްބަވައިގެން މި ކުލަގަދަ ޢީދު ޝޯގައި ބައިވެރިވުމަށް އެންމެހާ ބޭފުޅުންނަށް ދައުވަތު އަރުވައެވެ.

ޝޯ ބާއްވަން ހަމަޖެހިފަވާ ގަޑީގައި އުރީދޫ މޯލްޑިވްސް ގެ ސޯޝަލް މީޑިއާ މެދުވެރުކޮށް ނުވަތަ މި ލިންކް: ore.do/eidshow މެދުވެރިކޮށްވެސް ޝޯ ބަލާލެވޭނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.