އޯގަސްޓް މަހު މީރާއަށް 1 ބިލިއަން ރުފިޔާ ބަލައިގެންފި

މޯލްޑިވް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ މި އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ބަލައިގަތް ޖުމްލަ އާމްދަނީއަކީ 10.28 ބިލިއަން ރުފިޔާ ކަމަށެވެ.

އަދި މިއީ 2015 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، %6.6 އިތުރު ޢަދަދެއް ކަމަށާއި އޯގަސްޓް މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑުބައެއް ޙިއްޞާ ކުރީ ޖީއެސްޓީ ކަމަށްވެސް މީރާއިން ބުނެއެވެ.

އިޝްތިހާރު Below Header ad

އެގޮތުން ޖީއެސްޓީއަށް 556.64 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އެއީ %55.4 ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ. މީރާއިން ބުނީ ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ބީޕީޓީ އިން ލިބިފައިވަނީ 194.59 މިލިއަން ރުފިޔާ ނުވަތަ %19.4 އެވެ.

އަދި ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަންފީ އިން 58.3 މިލިއަން ރުފިޔާ، ގްރީން ޓެކްސް އިން 54.24 މިލިއަން ރުފިޔާ، އެއަރޕޯޓު ސަރވިސް ޗާރޖުން 46.47 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް މީރާއިން ބުންޏެވެ.

މީރާއިން ޢާންމުކުރި ތަފާސް ހިސާބުގައިވާގޮތުން މިއަހަރުގެ އޯގަސްޓް މަހު ބަލައިގަތް އާމްދަނީ 2015 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު، %13.4 ވަނީ ދަށަށް ގޮސްފައިވީ ނަމަވެސް އޯގަސްޓް މަހު ލިބޭނެކަމަށް އަންދާޒާކުރި ޢަދަދަށްވުރެ %57.2 ވަނީ އިތުރުވެފައެވެ.

އޭގެ މައިގަނޑު ސަބަބަކީ ޖުލައި 2016ގެ ޖީއެސްޓީ އާއި 2016 ވަނަ އަހަރުގެ ގްރީން ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި ބަންދު ދުވަސްތަކަކާއި ދިމާވުމުން 01 އޯގަސްޓް 2016އަށް ސުންގަޑި ބަދަލު ކުރުމެވެ.

އަދި އަލަށް ކުއްޔަށް ދޫކުރި ރަށްތަކުން ލޭންޑް އެކުއިސިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި ލިބުނު ޢަދަދު އަންދާޒާ ކޮށްފައިވާ ޢަދަދަށްވުރެ 11 ގުނަ އިތުރު ޢަދަދެއް ލިބުން އެއީވެސް މިމަހުގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބެއް ކަމަށްވެސް މީރާއިން ބުންޏެވެ.

އޯގަސްޓު މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 33.7 މިލިއަން ޑޮލަރުވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.