ޤަވާއިދުތަކަށް ބޯލަނބާ ބަޔަކު ކަމުގައި ވަމާތޯ!

ﷲ ތަޢާލާ ހެއްދެވި އެންމެހައި މަޚްލޫޤުންގެ ތެރޭން އިންސާނާ މާތްކުރައްވާފައިވަނީ ހެޔޮ ނުބައި ވަކިކޮށް ދެނެގަތުމަށްޓަކައި ބޭނުންކުރާނޭ ބުއްދި އޭނާއަށް ދެއްވުމުންނެވެ. އެހެން މަޚްލޫގުތަކުންނާއި ޚިލާފަށް އިންސާނުންގެ ދިރިއުޅުމަކީ އެއްދުވަހަށްވުރެ އަނެއްދުވަސް ކުރިއަރައި ތަރައްޤީވެ ތަހުޒީބުވަމުންއަންނަ ދިރިއުޅުމެކެވެ. ދުނިޔޭގައި އިންސާނުން ލެއްވިފައި ވަނީ އެކި ޤަބީލާތަކާއި ޤައުމުތަކާއި ރަށްތަކަށް މީހުން ބެހިފައިވާ ގޮތުގައެވެ. އިންސާނުން ދިރިއުޅޭ ކޮންމެ ޤައުމެއްގައިވެސް އެޤައުމެއްގެ އެތެރޭގެ ކަންކަމާއި، ދޭދޭ އެހެން ޤައުމުގަކާއި ދެމެދު އޮންނަށްޖެހޭ ގުޅުންތަކާއި ކުރަންޖެހޭ އެކިއެކި މުއާމަލާތުތަށް ހަމަޖެހުމާއިއެކު ކުރިއަށް ގެންދިއުމަށްޓަކައި އެންމެން އެއަށް ތަބާވާންޖެހޭ އުސޫލުތައް ހެދިފައި ހުރެއެވެ. މިފަދަ އުސޫލުތަކުގެ ތެރޭގައި ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އުސޫލުތަކުގެ އިތުރުން ތަފާތު އެއްބަސްވުންތައް ހިމެނެއެވެ.

ޤާނޫނާއި ޤަވާއިދުތަކަކީ ޤައުމެއްގެ ރައްޔިތުންގެ މައްޗަށް އެޤައުމުގެ ވެރީންގެ ފަރާތުން އެންގޭ އަމުރުތަކަށް ވީހިނދު، އެއަމުރުތައް ﷲގެ އަމުރުފުޅުތަކާއި ފުށުނާރާނަމަ އެއަށް ބޯލަނބައި ކިޔަމަންވުން އެއީ ވާޖިބުކަމެކެވެ. ވީމާ ﷲ ގެ ދީނަށް ޢަމަލު ކުރުމަށްޓަކައި އެފަދަ ހުރިހައި ޤަވާއިދަކާއި ޤާނޫނަކަށް ކިޔަމަންވުން ލާޒިމުވެއެވެ.

އިޝްތިހާރު Below Header ad

ދުނިޔަވީ ކަންކަން ހިންގުމުގައި އެއަށް ތަބާވާންޖެހޭ ހަރުދަނާ އުސޫލުތަކާއި ޤަވާއިދުތައް އިންސާނުންގެ ތެރޭގައި ހުރުމަކީ އިންސާނުންގެ ދިރިއުޅުމުގެ ނިޒާމާއި އެހެނިހެން މަޚްލޫޤުންނާއި ތަފާތުކޮށްދޭ އެއްވަސީލަތެވެ. ޤާނޫނާއި ޤަވާއިދުތަކާއި އެންމެން ޤަބޫލުކުރާ ހަމަތަކާއި އުސޫލުތައް ނެތް މުޖުތަމަޢެއްގައި އޮންނާނީ ޖަންގަލީގެ އުސޫލެވެ. އެމީހުންގެ ދިރިއުޅުމާއި ވަލުޖަނަވާރުގެ ދިރިއުޅުމާ މާބޮޑު ތަފާތެއް ނުހުންނާނެއެވެ.

މިފަދަ އުސޫލުތަކަށް ކަމޭހިތުމުގެ އަނެއް ފައިދާއަކީ މުޖުތަމަޢުގެ ހަމަޖެހުން ދެމެހެއްޓުމާއި އެންމެންގެ މަސްލަހަތު ހިމާޔަތްކުރުމެވެ. އެމީހެއްގެ މަސްލަހަތު ހިމެނޭ ކޮންމެކަމަކީ އެމީހަކަށް ފެނުނު ގޮތަކަށް ނިންމާ ކަމަކަށް ވެއްޖެނަމަ ދެމީހެއްގެ މަސްލަހަތު ފުށުއަރާ ކޮންމެކަމެއް ނިންމުން ވެގެންދާނީ ހަނގުރާމައަކަށެވެ. މިކަމުގެ ސަބަބުން މުޖުތަމަޢުގައި ބޮޑެތި ބައިބައިވުންތަކާއި ފިތުނަތައް ފެތުރިގެން ދިއުމަށް މެދުވެރި ނުވެނުދާނެއެވެ.

ހުރިހާ ފަރުދުންގެ މަސްލަޙަތުތައް ރައްކާތެރިކޮށް ހަމަޖެހޭ އަމާން މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ހެދިފައިވާ އެންމެހައި ޤާނޫނާއި ޤަވާއިދުތަކަށް ބޯލަބާ ކިޔަމަންވާ ބަޔަކުކަމުގައި ވަމާތޯއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.