އިމާދުއްދީނުގެ ފައިބެއަހަރުގެ އެންމެ މޮޅު ދަރިވަރަކަށް އިޒްދާން..

އިމާދުއްދީން ސްކޫލުގެ ފައިބެއަހަރުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ނުވަތަ ބެސްޓް އޯލްރައުންޑަރގެ މަޤާމު އިބްރާހިމް އިޒްދާން އަޒީޒް ހޯދައިފިއެވެ.

އިޒްދާނަށް އިނާމު ހަވާލުކޮށްދެއްވީ އެ ސްކޫލުގެ އިނާމު ދިނުމުގެ ހަފުލާގެ ޝަރަފުވެރިމެހެމާން އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ ޑރ. ޢަބްދުލް މުހުޞިނެވެ.

އިޝްތިހާރު Below Header ad

ސީއެޗްއެސްއީގައި އޭ ލެވެލް އަށް ކިޔަވަމުން އަންނަ އިޒްދާން ވަނީ އޯ ލެވެލް އިމްތިހާނުން 6 މާއްދާއިން އޭ ސްޓާރ އަދި ދެ މާއްދާއިން އޭ ހޯދައިގެން ޤައުމީ ގަދަ 10 އިން އެއްވަނަ ހޯދާފައެވެ.

އޭ ލެވެލް އިން ރާއްޖެއިން އެއްވަނަ ހޯދައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ޙާޞިލް ކުރުމުގެ މަޤުޞަދުގައި ހުރި އިޒްދާން އެންމެ ޝައުޤުވެރިކަމާއެކު ކިޔަވާހިތްވަނީ ފިޒިކްސް އެވެ.

މިދިޔަ އަހަރު އިމާދުއްދީން ސްކޫލުގެ ވައިސް ކެޕްޓަންގެ މަގާމުވެސް އަދާކުރި އިޒްދާނާއެކު ފައިބެއަހަރު އެ ސްކޫލުގެ 86 ދަރިވަރުން ވަނީ އޯ ލެވެލް ހަދާފައިވާ އިރު، އޭގެ ތެރެއިން 13 ދަރިވަރުން ވަނީ ޤައުމީ ގަދަ 10 ގައި ހިމެނިފައެވެ. އަދި 4 ދަރިވަރުން ވަނީ އެކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައިވެސް ހިމެނިފައެވެ.

ފޮޓޯ: އެޑިއުކޭޝަން
ފޮޓޯ: އެޑިއުކޭޝަން

ރޭގެ ޙަފުލާގައި ފައިބެއަހަރު އެ ސްކޫލުން ފާހަގަކުރެވޭ ކާމިޔާބީތައް ހޯދި 60 އަށް ވުރެ ގިނަ ދަރިވަރުންނަށް އިނާމު ދީފައިވާ އިރު، އިމާދުއްދީން ސްކޫލުން ބުނީ  މިއަހަރުވެސް 80 އަށް ވުރެ ގިނަ ދަރިވަރުން އެ ސްކޫލުން އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.