ދޫމައްޗަށް ފަރިތަކުރުން މުހިއްމު ދުޢާއެއް

އަހަރަމެން ނިކަމެތި އިންސާނުންގެ ހިތްތަކަކީ ވަރަށް އަވަސް އަވަހަށް ބަދަލުވަމުންދާ ހިތްތަކެކެވެ. ދުނިޔެވީ ކަންކަމުގެ އަވައިގައި ޖެހި އެންމެ ރަނގަޅު މުޢުމިނު އިންސާނާގެ ހިތްވެސް ލެބިގެންދާ ފަހަރު އާދެއެވެ. އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ محمد ﷺ ވަނީ އާދަމުގެ ދަރިންގެ ހިތްތަކަކީ ކެކިކެކި ހުންނަ ފެންފަދަ އެއްޗެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އެހެންކަމުން ހިތްތަކުގެ އިމާންތެރިކަން ވަރުގަދަ ކުރަން ބޭނުންނަމަ އެމީހަކަށް ވީވަރަކުން އިސްލާމްދީނުގެ މައުލޫމާތު ހޯދައި، ދީނީ އިލްމް އުނގެނި އެކަމުގެ މައްޗަށް އަމަލު ކުރުމަށް އިލްމްވެރިން ނަސޭޙަތްތެރިވެ ވަޑައިގެން ބާރުއަޅުއްވަތެވެ.

އިޝްތިހާރު Below Header ad

ހިތުގެ ޘާބިތުކަން ދެއްވާތޯ ރަސޫލާ ﷺ އެންމެ ގިނައިން ކުރެއްވި ދުޢާފުޅަކީ “يَا مُقَلِّبَ الْقُلُوْبِ ثَبَّتُ قَلْبِيْ عَلَى دِيْنِكَ.” މާނައީ:- “ހިތްތައް ބަދަލު ކުރައްވާ އިލާޙެވެ! މިއަޅާގެ ހިތް އިބަރަސްކަލާނގެ މަގުގައި ޘާބިތު ކޮށްދެއްވާނދޭވެ!

ދުނިޔެއަށް ފޮނުއްވުނު އެންމެ މާތް ނަބިއްޔާ މުޙައްމަދު ﷺ މިފަދަ ދުޢާފުޅެއް ތަކުރާރުކޮށް ވިދާޅުވެފައި ވާއިރު، އަޅުގަނޑުމެން ކަހަލަ ނިކަމެތި އިންސާނުން މި ދުޢާ ކުރުން މާ އަޢުލާވެގެން ނުވޭތޯއެވެ؟ އަޅުގަނޑުމެންނަކީ ފާފައާއި ފަސާދަކުރުން އަޅުގަނޑުމެންގެ ފިތުރަތުގައި ލައްވާފައިވާ ފަރާތްތަކެއް ކަމަށްވެފައި، އަޅުގަނޑުމެންގެ ހިތްތަކަކީ އަބަދުވެސް ބަދަލުވަމުންދާ ހިތްތަކެއް ކަމުގައި ވީތީއެވެ.

ހަމަ މިމޭރުމުން ނަބިއްޔާ މުޙައްމަދު ﷺ ކުރެއްވި އިތުރު ދުޢާފުޅެއް އޮވެއެވެ. އެއީ “يَا مُصَرِّفَ الْقُلُوْبِ صَرَّفُ قَلْبِيْ عَلَى طَاعَتِكَ.” މާނައީ:- “ހިތްތަކަށް މަގުދައްކަވާ ވެރި އިލާޙެވެ! މި އަޅާގެ ހިތަށް ރަނގަޅު މަގު ދައްކަވައިދޭނވެ!

މި އުއްމަތުގެ ނަބިއްޔާ ﷺ ދެއްވާފައިވާ މިފަދަ މަތިވެރި އިރުޝާދު ތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަކީ، އެކަމުގެ ޢިލްމު ތިބާއަށް އެނގޭތޯ ބެލުމެއް ނޫނެވެ. ނޫންނަމަ އެހެންމީހަކަށް އެ އިރުޝާދު ތަކުގައިވާ އެއްޗެއް ކިޔައިދޭން އެނގުމެއްވެސް ނުމެނޫންމެއެވެ. އެހެނަސް އެއީ އިތުރު އެކަލޭގެފާނު ގެންނެވި ކަންކަމާއި ގޮތްތައް ތިބާގެ ޙަޔާތުގައި ޢަމަލީގޮތުން ތަންފީޒުކުރުމެވެ. އެކަލޭގެފާނުގެ ހިތްޕުޅު ﷲގެ މަގުގައި ޘާބިތު ކޮށްދެއްވުމަށް ދުޢާ ކުރައްވާ އުޅިއްވި ގޮތަށް، އަދި ﷲގެ ހަޒްރަތުން އެކަލޭގެފާނަށް ރަނގަޅު މަގު ދެއްކެވުމަށްވެސް ދުޢާ ކުރައްވާފައިވާ ފަދައިން އަޅުގަނޑުމެންވެސް ދުޢާކުރުން ގިނަކުރަން ވާނެއެވެ.

ތަޤުވާވެރިކަމާއެކު ﷲ تعلىގެ މަގުގައި ސާބިތުވެ ތިބުމަށް ކުރެވޭނެ އެންމެ މުޙިއްމު އެއް ކަމަކީ ގިނަގިނައިން އެކަމަށް އެދުމެވެ. އެދެންވީ ﷲ ހަޟްރަތުންނެވެ. ގިނައިން އެދުމަކީ ތިބާގެ ހިތުގައި ﷲއާއިމެދު އޮންނަ ޔަޤީންކަން ބޮޑުވާނެކަމެކެވެ. ހިތްދަތި ޙާލަތު ތަކުން މީހާއަށް މިންޖު ވެވިދާނެ މަގެކެވެ. ހަޔާތުގެ ދަތުރުގައި އިލާހީ މަދަދުވެރިކަން ފެންނާނެ މަގަކީ މިއީއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.