އެންޑޯވްމަންޓްސް އިސްލާމިކް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ބައިވެރިވެވަޑަގެންފި

މައްކަތުލްމުކައްރަމާގައި މިމަހުގެ 18 އިން 20 ގެ ނިޔަލަށް ބާއްވާ “އެންޑޯވްމަންޓްސް އިސްލާމިކް ކޮންފަރެންސް” ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ އަޙްމަދު ޒިޔާދު ބާޤިރު ބައިވެރިވެވަޑައިގެންފިއެވެ.

މި ކޮންފަރެންސްގައި ރާއްޖޭގެ އިތުރުން ބައެއް އެހެނިހެން އިސްލާމީ ޤައުމުތަކުގެ އިސްލާމިކް މިނިސްޓަރުންވެސް ބައިވެރިވެވަޑައިގެންފައިވާ އިރު، މި ކޮންފަރެންސް އިފްތިތާޙްކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ލޭބަރ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް އަދި ސަޢުދީ ޢަރަބިއްޔާގެ “ޖެނެރަލް އޮތޯރިޓީ އޮފް އެންޑޯވްމަންޓްސް” ގެ ޗެއަރމަން ޑރ ސަޢާދު ބިން މުފައްރިޖް ޙަޤްބާނީއެވެ.

އިޝްތިހާރު Below Header ad

މި ރަސްމިއްޔާތުގައި ޑރ. މުފައްރިޖް ވަނީ ސަޢުދީ ޢަރަބިއްޔާގެ “ޖެނެރަލް އޮތޯރިޓީ އޮފް އެންޑޯވްމަންޓްސް” ގެ 2030 ގެ ތަޞައްވުރު ހުށަހަޅުއްވައިދެއްވާފައެވެ.

މި ކޮންފަރެންސަކީ އިސްލާމީ ގިނަ ޤައުމުތަކަކަށް ހުޅުވާލައިގެން ބޭއްވި މިފަދަ ފުރަތަމަ ކޮންފަރެންސެވެ. އަދި ކުރިއަށްއޮތް ތަނުގައި ކޮންމެ އަހަރަކު މި ކޮންފަރެންސް ބޭއްވުމަށް ނިންމާފައިވާ މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ވަޤްފު މެދުވެރިކޮށް އިސްލާމީ މުޖްތަމަޢުތަކަށް ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީއެއް ގެނެސްދިނުމަށް މަސައްކަތްކުރުމެވެ.

މިޙަފްލާގެ ހަވާސާގައި ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވަނީ ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ލޭބަރ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް އަދި ޖެނެރަލް އޮތޯރިޓީ އޮފް އެންޑޯވްމަންޓްސްގެ ޗެއަރމަން ޑރ ސަޢާދު ބިން މުފައްރިޖް ޙަޤްބާނީއާ ބައްދަލުކުރައްވާ ދިވެހިރާއްޖޭގައި ވަޤްފް ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޙަފްލާއަށްފަހު ސަޢޫދީ މިނިސްޓަރ ޑރ ސަޢާދު ބިން މުފައްރިޖް ޙަޤްބާނީ ދެއްވި ޚާއްޞަ ފަރިއްކޮޅެއްގައި އިސްލާމިކް މިނިސްޓަރ ޑރ. ޢަހްމަދު ޒިޔާދު ބައިވެރިވެވަޑައިގެން، ކޮންފަރެންސްގައި ބަހައްޓާފައިހުރި ބައެއް ސްޓޯލްތައް ބައްލަވާލައްވައި، ކޮންފަރެންސްގެ ބައެއް އިސް ބައިވެރިންނާ ވަނީ ބައްދަލުކިރައްވާފައެވެ.

މިނިސްޓަރ ބައދަލު ކުރެއްވެވި ބައެއް ބޭފުޅުންގެތެރޭގައި ސަޢުދީގެ މިނިސްޓްރީ އޮފް ލޭބަރ އެންޑް ސޯޝަލް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރާއި މައްކާ ވަޤްފުގެ ރައީސާއި ޖޯޑަންގެ އިސްލާމިކް މިނިސްޓަރ އަދި މޮރިޓޭނިއާގެ ވަޤްފު އޮފީހުގެ ރައީސް ހިމެނިވަޑައިގަންނަވައެވެ.

މިނިސްޓަރ ގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވާ އާދީއްތަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.