
އަމާނާ ތަކަފުލް އިން އެކްސިޑެންޓް ކަވަރ އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފްކޮށްފި
އަމާނާ ތަކަފުލް އިން އެކްސިޑެންޓް ކަވަރ އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފްކޮށްފިއެވެ.
މިއީ އެ ކުންފުނީގެ މޯޓަރ ތާރޑް ޕާޓީ ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން ތަޢާރަފްކުރި ޕެކޭޖެކެވެ. އަދި ތާޑް ޕާޓީ އިންޝުއަރެންސް ނަގާ ކޮންމެ 20 ކަސްޓަމަރަކަށް ހިލޭ ލިބޭ ޕްރޮމޯޝަނެކެވެ.
ރޯދަމަސް ނިމެންދެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ އަމާނާ ތަކަފުލްގެ އޮފީހުން ތާޑް ޕާޓީ މޯޓަރ އިންޝުއަރެންސް އަލަށް ހޯދާ ކަސްޓަމަރުންނަށާއި ތާޑް ޕާޓީ މޯޓަރ އިންޝުއަރެންސް އަމާނާ ތަކަފުލްގެ އޮފީހުން ރިނިއު ކުރާ ކަސްޓަމަރުންނަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.



