މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނަން މިއަދު ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން ރާއްޖޭއެކި ހިސާބުތަކުގައި މިއަދު ފަށާފައިވާ ކަމަށެވެ. އަދި ފައިސާ ބަލައިގަންނާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން މެންދުރު 13:00އަށް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފިޠުރު ޒަކާތް މާލޭގައި ޒަކާތް ބަލައިގަންނާނީ އިސްލާމީ މަރުކަޒުން ކަމަށާއި ވިލިމާލޭގައި ނަމަ، އެ އަވަށުގައި ހުންނަ ސިޓީ ކައުންސިލުގެ ޔުނިޓުން ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ހުޅުމާލޭގައި ނަމަ ޒަކާތް ބަލައިގަންނާނީ ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުން ކަމަށާއި ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ރަށު ކައުންސިލުން ކަމަށްވެސް ވަނީ ބުނެފައެވެ.

މާލޭ ވިލިމާލެ އަދި ހުޅުމާލޭގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ އާދައިގެ ހަނޑުލުންނަމަ 15 ރުފިޔާ، ތައިލެންޑް ހުދު ހަނޑުލުންނަމަ 45 ރުފިޔާ، ބާސްމަތީ ހަނޑުލުންނަމަ 95 ރުފިޔާ އެވެ.

މީގެ އިތުރުން ރަތް ހަނޑުލުންނަމަ 75 ރުފިޔާ، އާދައިގެ ފުށުންނަމަ 15 ރުފިޔާ އަދި އާޓާ ފުށުންނަމަ 60 ރުފިޔާއެވެ.

ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ ޢާންމުކޮށް ކާން ބޭނުންކުރި ގޮވާމުގެ ބާވަތްތަކުން 2.4ކިލޯ އަށް ވާ އަގެވެ.

ފިތުރު ޒަކާތް ބަލައިގަތުމުގެ ސުންގަޑިއަކީ ރަމަޟާންމަހުގެ 29 ގެ ނިޔަލަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.