
މާލޭގައި ފޭރެން އުޅުނު މީހަކަށް ހަމަލާދީ މާރާމާރީއެއް ހިންގައިފި
މާލޭގައި ފޭރެން އުޅުނު މީހަކަށް ހަމަލާދީ މިރޭ މާރާމާރީއެއް ހިންގައިފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، އެ މާރާމާރީ ހިންގާފައިވަނީ ބައިސްކަލެއްގައި އައި އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ބިދޭސީއަކަށް ވަޅިން ބިރު ދައްކާ ފޭރެން އުޅުމުން އެތަނުގައި ތިބި ބަޔަކެވެ.
ފުލުހުން ބުނީ ޝަހީދު އަލީ ހިނގުމާއި ފުލޫނިޔާ މަގާއި ގުޅޭ ކަންމަތީގައި މިރޭ 7 ހާއިރު މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފޭރެން އުޅުނު މީހާއަށް ބަޔަކު ދިން އަނިޔާއަކާއި ގުޅިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭނާ އަށް މާ ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ބިދޭސީ މީހާގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.



