ދިވެހި ސިފައިން ހަތިޔާރާއެކު މަގުތަކުގައި ތަމްރީނުތަކެއް ހަދަން ފަށައިފި

ދިވެހި ސިފައިން ހަތިޔާރާއެކު މަގުމަތީގައި ތަމްރީނުތަކެއް ހަދަން ފަށައިފިއެވެ.

މި ތަމްރީނުތައް ހަދަނީ މިއަދު ހެނދުނު 08:00ން ހަވީރު 17:00އަށް މާލެ އަދި ހުޅުމާލޭގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޤައުމީ ދިފާޢީ ބާރުން ބުނީ މިތަމްރީނުތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވެ، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރާނެ ކަމަށެވެ.

MNDF 6

ޢާންމުގޮތެއްގައި އެމްއެންޑީއެފްގެ ތަމްރީނުތައް މަރުކަޒުތަކުގައި ބޭއްވިނަމަވެސް ބައެއްފަހަރަށް މާލެއާއި އަތޮޅުތަކުގައިވެސް ސިފައިން ދޭތެރެދޭތެރެއިން ތަމްރީނުތައް ބާއްވައެވެ.

ދާދިފަހުން އަވަށްޓެރި ސްރީލަންކާއަށް ދިން ބޮން ގޮއްވުމުގެ ޙަމަލާތަކުގައި ދުއިސައްތައަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު، އެ ޙާދިޘާއާގުޅިގެން ދިވެހި ޤައުމީ ދިފާޢީ ބާރުން ބުނެފައިވަނީ ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރާނެ ކަމަށެވެ.

MNDF 1

ނަމަވެސް މިއަދުގެ ތަމްރީނުތަކަކީ ސީދާ އެކަމާއިގުޅުންހުރި ނުވަތަ އެ ޙާދިޘާގެ ސަބަބުން ރާއްޖެ ތައްޔާރީ ޙާލަތަށް ގެނައުމަށް ހަދަމުންދާ ތަމްރީނުތަކެއްކަން އެމްއެންޑީއެފް އިން ހާމައެއް ނުކުރެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.