
އައްޑޫސިޓީ ހަންކެޑެ ސަރަޙައްދުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެ
އައްޑޫސިޓީ ހަންކެޑެ ސަރަޙައްދުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެއެވެ.
ފުލުހުން ބުނީ ގިނަދުވަސްތަކެއްވެފައިވާކަމަށް ލަފާކުރެވޭ އިންސާނެއްގެ ކަށިތަކެއް ފެނިގެން އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ 15:45 އެހާކަންހާއިރު ކަމަށެވެ.
ހަންކެޑެ ސަރަޙައްދަކީ އިހުގައި މީހުން ވަޅުލުމަށް ބޭނުންކޮށްފައިވާ ތަކެއްކަމަށް އެރަށުގެ އިސްރަށްވެހިން ބުނެއެވެ. އަދި މީގެކުރިންވެސް އެ ސަރަޙައްދުން އިންސާނުންގެ ކަށި ވަނީ ފެނިފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ފެނުނު ކަށިތަކުގައި އެއްވެސް ވަރަކަށް މަހެއް ނެތެވެ. އަދި ފެންނަ ފެނުމަށް މި ކަށިތަކަކީ ކުޑަ ކުއްޖެއްގެ ކަށިތަކެއްކަމަށް ޝައްކުކުރެވޭ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.




މީހުން ވަޅުލާފަ ހުންނަ ތަންތަނުން ކަށިފެނުނީމަ ކޮބާ މައްސަލަޔަކީ،،،،، ތީގަ މައްސަލަޔަކަށް ވާން ވާނީ ވަޅުލި މީހުން ނެޓިމައެއްނު،،، ސާބަސް
ސުނުޙާނަﷲ
ގެއްލިގެން އުޅޭ މީހުން ތިއޮއް ފެންނަނީ … ހިތްވަރު ކޮއްލާ އަދި ފެންނާނެ އެހެން އެއްޗިހި ވެސް