
ރަމަޟާން މަހު މީރާ އިން ޚިދުމަތްދޭ ގަޑިތައް ޢާންމުކޮށްފި
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ރަމަޟާން މަހު ޚިދުމަތްދޭ ގަޑިތައް ޢާންމުކޮށްފިއެވެ.
މީރާއިން ބުނީ އެ އޮތޯރިޓީގެ ރަސްމީ މަސައްކަތު ގަޑިއަކީ އާދީއްތައިން ބްރާސްފަތި ދުވަހަށް ހެނދުނު 09:00ން މެންދުރު 13:30އަށް ކަމަށެވެ.
މީގެ އިތުރުން ހޮނިހިރު ދުވަހުވެސް އެ އޮތޯރިޓީން ޚިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ހެނދުނު 10:00ން މެންދުރު 13:30އަށް މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ޚިދުމަތްދޭނެ ކަމަށްވެސް މީރާއިން ބުންޏެވެ.
މީރާއަށް ބަލައިގަންނަ ހުރިހާ ޓެކްސްތަކާއި ގިނަ ފީތަކަކީ އޮންލައިންކޮށްވެސް ދެއްކޭނެ ނިޒާމް ހަމަޖައްސާފައިވާތީ ފަސޭހަކަމާއެކު ކޮންމެ ވަގުތެއްގައިވެސް މި ސިސްޓަމް މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.



