ބައްޕަގެ ދައުރު

މަންމައެކޭ އެއްފަދައިން ބައްޕައަކީ ވެސް ކުއްޖެއް ހެދިބޮޑުވުމަށް އެހާމެ މުހިންމު މީހެކެވެ. އޯގައިތެރި އަޅާލާ ބައްޕައެއްގެ ހިޔާވަހިކަމުގައި ބޮޑުވާ އަންހެން ދަރިޔެއް އޭނަގެ ހަޔާތުގެ ބައިވެރިޔެއްގެ ކިބައިންވެސް ހޯދާނީ އެއަޅާލުމައި އޯގާތެރިކަމެވެ. ހަމަ އެފަދަ ބައްޕައެއް ކައިރީ ބޮޑުވާ ފިރިހެން ބޮޑުވާނީ ބައްޕަ ދެއްކި ނަމޫނާގެމަތީގައެވެ.

އެކަހަލަ ނަމޫނާ ބައްޕައެއްގެ ގޮތުގައެވެ. އޯގާތެރި ފިރިއެއްގެ ގޮތުގައެވެ. ޒިންމާދާރު ބެލެނިވެރިއެއްގެ ގޮތުގައެވެ. އެހެންކަމުން ބައްޕައަކީ ދަރިން ތަރުބިއްޔަތު ކުރުމުގެ މޭސްތިރިޔޭ ދެންނެވުމަކީ ގޯހަކަށް ނުވާނެއެވެ.

އިޝްތިހާރު Below Header ad

ކުޑަވެސް ޝައްކެތްނެތްގޮތުގައި ކޮންމެ ކޮންމެ މީހަކަށް މިރޯލް އަދާނުކުރެވިދާނެއެވެ. ބައްޕަޔަކަށް ވުން ކިތަންމެފަސޭހަޔަކަސް ހަޤީޤީ ބައްޕައެއްގެ ރޯލް ކުޅުމަކީ ފަސޭހަކަމެއް ނޫނެވެ. މިލިޔުމުގައި ރަނގަޅު ބައްޕައެއްގެ ދައުރު އަދާކުރާނެ ގޮތް އަދި އެއިން ކުއްޖާއަށް ކުރާފައިދާއަށް އަލިއަޅުވާލަން މަސައްކަތް ކޮއްލާނަމެވެ.

1.އެކުގައި ކުޅެއުޅޭ ކުވެރިޔާ

ރަނގަޅު ބައްޕައެއް ވެގެންދާނީ އެންމެގާތް އެކުގައިވާ ކުޅުންތެރިއަކަށެވެ. އެހެނީ ކުދިން ޅައުމުރުގައި އެންމެ ގިނަކަންތައް އުނގެނެނީ ކުޅުމުގެތެރެއިންކަމަވާތީއެވެ. ކުޅުމުގެ ތެރެއިން އެކުދިންގެ އުނގެނުމުގެ އިޖްތިމާޢީ އަދި ހަށިގަޑުގެ ތަރްބިއްޔަތު ކުރިއަރާދެއެވެ. މިގޮތުން ކުޅެވޭ ކުޅިވަރުތަކުގެ ތެރޭގައި ކަރުދާހުން ރޮކެޓް ހަދައިގެން އެއްލުން ކަމުގައިވިޔަސް، ފުޓްބޯޅަ، ފީކޮއި އަދި މިނޫނަސް ކުޑަކުދިންގެ ކުޅިވަރުތައް ކުޅުމުން ކުރިއަރައިދެއެވެ.

ބައްޕައެއްގެ ޙައިޞިއްޔަތުން ކުއްޖާއާ ގުޅިގެން އެކުވެރިއެއްހެން ކުޅުުމުން ކުއްޖާގެ އަމިއްލަ ނަފްސަށްކުރާ އިތުބާރު ބޮޑުވެއެވެ. ބައެއްފަހަރު އެކުދިން މޮޅުވުމަށް ފުރުސަތު ދިނުމުން އެކުދިންނަށް ރިވެތިކޮށް މޮޅުވާން ދަސްވެއެވެ. އަދި ބަލިވުމުން ހިތްވަރާއިއެކު ތެދުވެ މޮޅުވުމަށް އައު އަޒުމެއްގައި މަސައްކަތްކުރަން ދަސްވެއެވެ.

  1. އިޙްސާސްތައް ދަންނަ އަދި ހިތްވަރުދޭ އެކުވެރިޔާ

ކުއްޖަކު ހެދިބޮޑުވާއިރު ބައްޕައެއްގެ ފަރާތުން ލިބިދޭ އިޙްސާސްތަކަކީ ނިމުމެއް ނެތް އެއްޗެކެެވެ. ޚާއްޞަކޮށް ކުއްޖާއަށް އެކުއްޖަކު ވަނީ ބައްޕަގެ ޙިމާޔަތުގައިކަމަށް ކޮށްދެވޭ އިޙްސާސް ފާހަގަކުރެވެއެވެ. ވީވަރަކުން ކުއްޖާއާއެކު ހޭދަކުރާ ވަގުތު އިތުރުކުރަންވާނެއެވެ. ވީވަރަކުން ތިބާ ކުޑައިރުގެ ދުވަސްތަށް ކުދިންނާއި ޙިއްސާކޮށް އެދުވަސްތަށް އިޢާދަކުރުން މުހިންމުއެވެ.

މިގޮތުން އެކުދިންނަށް ދިމާވާ ކުދިކުދި ކަންތައްތައް އެކުދިން އަމިއްލައަށް ޙައްލުކުރަން ދަސްވެގެންދެއެވެ. ހަމަ އެއާއިއެކު އެހެން ކުދިންނާއެކު މަޖާ ކުރަންވެސް އެނގެންވާނެއެވެ. އެކުގައި ބޭރަށްގޮސް ކުޅެމަޖާކޮށް، އެކުދީން ކުޅިވަރުކުޅޭ ތަންތަނަށް ގޮސް ހިތްވަރުވެސް ދޭންވާނެއެވެ. ކުދިންދައްކާ ވާހަކަތައް ކެތްތެރިކަމާއިއެކު އަޑުއަހައި ޚިޔާލް ދޭންވާނެއެވެ.

ޚިޔާލް ފާޅުކުރާއިރު ހަނދާނުގައި ބަހައްޓަން ޖެހޭ އެންމެބޮޑު އެއް ޙަޤީޤަތަކީ “އޭރާ މިހާރު” ގެ ތަފާތުކަމެވެ. ތަރައްޤީއާ އެއްވަރަށް ކުދިންކުރާ ކަންތައް އަދި ކުރިމަތިވާ ކަންތައް ތަފާތުވާނެކަމެވެ.

  1. މުދައްރިސް އަދި ދިރިއުޅުމުގެ މަގުދައްކައިދޭ ފަރާތް

ރަނގަޅު ބައްޕައެެއް ހަމަގައިމުވެސް ބޭނުންވާނީ ތިބާގެ ދަރިޔަކީ މުޖްތަމަޢުގައި ރަނގަޅުކަމުން ނަގާކިޔޭ ދަރިޔަކަށްވުމެވެ. މިކަމަށްޓަކައި ހަމައެކަނި ކުއްޖާގެ މަދްރަސީ ފިލާވަޅުތައް ހަދަން އެހީވުމަކުން ނުފުދޭނެއެވެ. އެބައްޕައަކީ ނަމޫނާ ބައްޕައަކަށް ވާންވާނެއެވެ. އަމިއްލަ އަޚްލާގުން ނަމޫނާ ދައްކަން ވާނެއެވެ. އަމިއްލަ ދިރިއުޅުމުގައި އަދި ހަމައެފަދައިން މަސައްކަތުގެ ދާއިރާގައިވެސް އަޚްލާގުން ނަމޫނާ ދައްކަން ވާނެއެވެ.

ކުއްޖަަކަށް އެންމެ މުހިންމުވާނީ ތެދުވެރިކަން، މީހުންތެރޭގައި ގާއިމް ކުރަން ޖެހޭ ރީތި އާދަ، ކަންކަމުގެ އަގުވަޒަން ކުރުން އަދި ބުނާބަހުގެ އިތުބާރު ހިފެހެޓުމެވެ. މި ކަންތައް ދައްކައިދެވޭނީ ހަމައެކަނި ރަނގަޅު ބައްޕައަކަށެވެ. މިކަން ކަމުގެ ތެރެއިންވެސް އެއްމެ މުހިންމު އެއްކަމަކީ ކުއްޖާގެ މަންމައާ ދެތެރޭ އޮންނަ ގުޅުމެވެ.

މިހާރުގެ މުޖްތަމައުގައި ބައްޕަ ވަނީ “ނިވި ދިއްލޭ” ބޮއްކެތް ފަދައިން ނެވެ. ނުވަތަ ބައްޕަވަނީ ހަމައެކަނި “އޭ.ޓީ.އެމް” މެޝިނަކަށެވެ އެހެންނަމަވެސް އާމްދަނީ ހޯދުމާއި އެއްވަރަށް ރަނގަޅު ބައްޕައަކަށް ވުމަކީވެސް މުހިންމުކަމެކެވެ. ފަހަރެއްގައިވެސް މިދަންނަވަނީ މަންމައަށް ދަރީން ތަރުބިޔަތު ނުކުރެވޭނެވާހަކައެއް ނޫނެވެ. އެހެނެއްކަމަކު މިދަންނަވަނީ ބައްޕަޔަކީ ވެސް ކުދިން ތަރުބިއްޔަތު ކުރުމުގައި މުހިންމު ބަޔެއްކަމުގައެވެ. ހަމައެއާއެކު ހިނދުކޮޅަކަށް ދަރީންނަށް ފެންނަ ބައެއްގެ ބަދަލުގައި ރަނގަޅު ބައްޕަޔަކަށްވެ ކުދިން ތަރުބިޔަތުކުރުމުގައި މުހިންމު ރޯލްއެއްކުޅޭބައެކެވެ.

މަޢުލޫމާތު firststep

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. މިހާރު އެބަ ރަނގަޅުވޭ ދޯ… އެހެންޏާފަހެ ދަރިން ބެލުން މީ ހުސް މައިންގެ ކަމަކަށް ވެފަ ވިޔޔަ އޮންނަނީ…ޝުކުރިއްޔާ އެޓޯލް ނިއުސް

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.