ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއިން ޖަޕާނު ދަރިކޮޅުގެ މީހުން ބަންދުކުރި ގޮތަށް އިޒްރޭލުގައި ތިބި ފަލަސްތީނު ރައްޔިތުންނާ މެދު އަމަލުކުރުމަށް ގޮވާލައިފި

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކޫދު ޕާޓީގެ މެންބަރެއް ކަމަށްވާ އެލީ ގޯލްޑްސްމިޑް ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއިން ޖަޕާނު ދަރިކޮޅުގެ މީހުން ބަންދުކުރި ގޮތަށް އިޒްރޭލުގައި ތިބި ފަލަސްތީނު ރައްޔިތުންނާ މެދު އަމަލުކުރުމަށް ގޮވާލެއްވުމުން އެއީ ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގާ ނަސްލީ ތަފާތުކުރުމުގެ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

އާދީއްތަ ދުވަހު ޗެނަލް 14 ނިއުސްއަށް ދިން އިންޓަވިއު އެއްގައި ގޯލްޑްސްމިޑް ބުނީ، ޖަޕާނުން ޕާލް ހާބަރަށް ހަމަލާދިނުމުން އޭރުގެ އެމެރިކާގެ ރައީސް ރޫޒަވެލްޓް ޖަޕާނު ދަރިކޮޅުގެ ހުރިހާ ރައްޔިތުން ކޭމްޕުތަކުގައި ބަންދުކުރުމަށް އަމުރުކުރި ކަމަށާއި މިހާރު އިޒްރޭލަށް ކުރިމަތިވެފައިވާ ހާލަތާއި އެ ހާލަތާ ހުރި ތަފާތަކީ ކޮބައިތޯ ސުވާލު އުފައްދާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އޭނާ އިތުރަށް ބުނި ގޮތުގައި އިޒްރޭލު އަދިވެސް އޮތީ ހަނގުރާމައިގެ ހާލަތެއްގަ އެވެ. ހަމާސްއާ ދެކޮޅަށް ކުރާ މަސައްކަތް ނުނިމޭ ކަމަށާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ”ޓެރަރިޒަމް“ އާއި ލުބުނާނުގެ ދެކުނުގައި މައްސަލަތައް އެބަހުރި ކަމަށް އޭނާ ފާހަގަކުރި އެވެ. އަދި އިޒްރޭލު ނައްތާލަން ބޭނުންވާ މީހުންގެ ތިމާގެ މީހުންނަށް ދައުލަތުގެ ސިއްރު މައުލޫމާތު އެނގުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ބުނެ، ރާމް ޕާޓީއާއި ޖޮއިންޓް ލިސްޓަށް ނިސްބަތްވާ ފަލަސްތީނު ދަރިކޮޅުގެ މެންބަރުންނަށް އޭނާ ފާޑުކި އެވެ.

ގޯލްޑްސްމިޑް މި އިޝާރާތް ކުރީ 1942 ވަނަ އަހަރު އެމެރިކާގެ ރައީސް ފްރެންކްލިން ރޫޒަވެލްޓް ސޮއިކުރީ އަމުރަކަށެވެ. އެ އަމުރުގެ ދަށުން ޖަޕާނު ދަރިކޮޅުގެ ލައްކައަކަށްވުރެ ގިނަ މީހުން އޭގެ ތެރޭގައި ގިނަ އަދަދެއްގެ އެމެރިކާ ރައްޔިތުން ހިމެނޭގޮތަށް މަޖުބޫރުން އެކަހެރިކޮށް ބަންދުކުރި އެވެ.

އިޒްރޭލުގެ ރައްޔިތުންގެ ގޮތުގައި ތިބި ފަލަސްތީނު މީހުންނަކީ 1948 ވަނަ އަހަރުގެ ނަކްބާގެ ތެރޭގައި ޒަޔަނިސްޓު ހަނގުރާމަވެރިން 750،000 އެއްހާ ފަލަސްތީނު މީހުން ބޭރުކޮށްލައި އިޒްރޭލު އުފެއްދިއިރު އަމިއްލަ ވަޒަނުގައި މަޑުކުރި މީހުންގެ ދަރިފަސްކޮޅެވެ.

މި މީހުންނަށް އިޒްރޭލުގެ ރައްޔިތުކަން ލިބިފައިވީ ނަމަވެސް ދައުލަތުގެ ފަރާތުން ނަސްލީ ތަފާތުކުރުންތަކާއި ގޯނާތައް އަބަދުވެސް ކުރިމަތިވެ އެވެ.

މިހާރު އިޒްރޭލުގެ އާބާދީގެ ގާތްގަނޑަކަށް 20 އިންސައްތައަކީ މި މީހުންނެވެ.

ވޭތުވެދިޔަ މަހުގެ އިންތިޚާބުގައި ފަލަސްތީނު މީހުން ތަމްސީލުކުރާ ޕާޓީތަކުން ކްނެސެޓްގެ 19 ގޮނޑި ކާމިޔާބުކުރުމާ ގުޅިގެން ނަތަންޔާހޫއާއި އޭނާގެ ބައިވެރިން ދަނީ އެ ޕާޓީތަކަކީ ”ޓެރަރިޒަމަށް ތާއީދުކުރާ ބައެއް“ ކަމަށް ސިފަކޮށް ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ނަފްރަތު އުފެއްދުމުގެ ކެމްޕޭނެއް ހިންގަމުންނެވެ.

މީގެ ނަތީޖާއެއްގެ ގޮތުން އިޒްރޭލުގެ އެތެރޭގައި ފަލަސްތީނު މީހުންނަށް ދޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ.

އެގޮތުން މިދިޔަ ހަފުތާގައި އަފޫލާ ކައިރީގައި އޮންނަ އަދް-ދަހީ އަވަށުގެ މިސްކިތެއްގައި އިޒްރޭލުގެ ހަރުކަށި ބަޔަކު ވަނީ ރޯކޮށްލާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.