ޖަޕާނުގައި ބޭއްވި ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފި

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ ”ކައުންޓަރ އިންޓަރނޭޝަނަލް ޓެރަރިޒަމް“ ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.

2026 ނޮވެމްބަރު 4 އިން 20 އަށް ޖަޕާނުގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޖައިކާގެ 2026 ވަނަ އަހަރުގެ ނޮލެޖް ކޯ-ކްރިއޭޝަން ޕްރޮގްރާމްގެ ދަށުން ހިންގި މި ތަމްރީން ޕްރޮގްރާމަކީ ޓެރަރިޒަމާ ދެކޮޅަށް ޖަޕާނު ފުލުހުން އަޅަމުންދާ ފިޔަވަޅުތަކާއި އަމަލުކުރާ އުސޫލުތައް ބައިވެރިންނާ ހިއްސާކޮށް މައުލޫމާތު ބަދަލުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮފްރާމެކެވެ. މީގެއިތުރުން، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި އިލްމާއި ތަޖުރިބާ ހިއްސާކުރުމާއި ގުޅުން ބަދަހިކުރުމަށްވެސް މި ޕްރޮގްރާމުގައި ހާއްސަ އިސްކަމެއް ދީފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.